ލަންޑަން (މެއި 18) - އިނގިރޭސި ވިލާތުގެ ސަލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގައި ނުރައްކާތެރި ނާވް އެޖެންޓެއްގެ އަސަރު ކުރުމުން ހާލު ދެރަވި ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލް އަށް ހޮސްޕިޓަލުގައި ދިން ފަރުވާ އަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
18 މެއި 2018
ލަންޑަން (މެއި 18) - އިނގިރޭސި ވިލާތުގެ ސަލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގައި ނުރައްކާތެރި ނާވް އެޖެންޓެއްގެ އަސަރު ކުރުމުން ހާލު ދެރަވި ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލް އަށް ހޮސްޕިޓަލުގައި ދިން ފަރުވާ އަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
އުމުރުން 66 އަހަރުގެ ސްކްރިޕަލް ދޫކޮށްލައިފައި މި ވަނީ ދެ މަސް ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު އެވެ. ނުރައްކާތެރި ވިހަ މާއްދާއެއް ކަމަށްވާ ނޮވިޗޮކުގެ އަސަރުކޮށް ހޭނެތިގެން ވެއްޓިފައި ވަނިކޮށް ސްކްރިކަލް އާއި އޭނާގެ އަންހެން ދަރި ޔޫލިއާ ފެނިފައި ވަނީ މާޗް 4 ވަނަ ދުވަހު އެވެ. ފަރުވާ ދިނުމަށް ފަހު އުމުރުން 33 އަހަރުގެ ޔޫލިއާ ވަނީ އެޕްރީލް މަހު 9 ވަނަ ދުވަހު ސަލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ޔޫލިއާ ގެންދިޔަ ތަނެއް އާއްމުކޮށްފައެއް ނުވެ އެވެ. ސްކްރިޕަލް ވެސް ހޮސްޕިޓަލުން ގެންދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގެ އެވެ.
މެޓްރޯޕޮލިޓަން ފުލުހުން ބުނީ ރަޝިޔާގެ ކުރީގެ އެޖެންޓަށް ވިހަ ދިން މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުރީގެ ޖާސޫސީ އެޖެންޓަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް އިނގިރޭސި ވިލާތުން ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކު ރަޝިޔާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ސްކްރިޕަލް ވަނީ ރަޝިޔާގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ހުރެ އިނގިރޭސި ވިލާތަށް އެހީވެ ދީފަ އެވެ.
މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެ ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސި ވިލާތުން ފޮނުވާލުމާ އެކު ރަޝިޔާ އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.
ރަޝިޔާއަށް ޖާސޫސްކޮށްދޭ މީހަކު ޖަރުމަނުން ހައްޔަރުކޮށްފި
ވިހަ ދިން މައްސަލަ ބައިނަލްއަގުވާމީ ޓީމަކުން ތަހުގީގުކުރަނީ
ރަޝިޔާއިން ވެސް އިނގިރޭސި 23 ޑިޕްލޮމެޓުން ފޮނުވާލަނީ
ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސިވިލާތުން ބޭރުކުރަނީ
ވިހަ ދިނީ ކީއްވެކަން ސާފުކޮށްދޭން ރަޝިޔާއަށް އަންގައިފި
ރަޝިޔާގެ ޖާސޫސް: 240 ހެކިވެރިއަކު ފާހަގަކޮށްފި
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ
ރަޝިޔާގެ ބޯޓަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި
ޔޫކްރޭނަށް ފައިޓާ ޖެޓް ދޭން އިނގިރޭސިން ޖެހިލުންވެއްޖެ