23 މާޗް 2018
ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރާ ގުޅޭގޮތުން ޕީޕީއެމުން ދެއްކި ވާހަކަތައް ތެދުކަން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ނެރުއްވި ރިޕޯޓާއެކު ހާމަވެގެންގޮސްފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.
ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރާ ގުޅޭގޮތުން ޕީޕީއެމުން ދެއްކި ވާހަކަތައް ތެދުކަން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ނެރުއްވި ރިޕޯޓާއެކު ހާމަވެގެންގޮސްފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.
އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ނިންމިކަން ހާމަކޮށް ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 1 ގައި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަކީ ވަކި ބަޔަކު އެކުވެގެން، އެ މީހުންނަށް ލިބިފައިވާ، މަންފާއެއްގެ ބޭނުމުގައި ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއް ކަމަށެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފެބުރުއަރީ ދެ ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޕީޕީއެމުން ދައްކަމުން އައީ ހަގީގީ ވާހަކަތައްކަން ޕީޖީގެ ރިޕޯޓުން ސާބިތުވާ ކަމަށެވެ.
Supreme courtun amuru nerunee verikan vattaalumuge beynumuga: PG
The most trusted news source in the Maldives
Mihaaru
އަމުރު ނެރުނީ ވެރިކަން ވައްޓާލަން ކަމަށް ޕީޖީން ބުނުން--
"އަޅުގަނޑުމެން ބުނަމުން އައީ މިގައުމަށް ބަޔަކު ގައްދާރުވެއްޖޭ. މިގައުމުގެ ވެރިކަން ވަށްޓާލުމަށްޓަކައި ބަޔަކު ނުކުމެއްޖޭ. މިގައުމުގެ ވެރިކަން ވައްޓާލުމަށް ބަޔަކު ރިޝްވަތު ބަހައިފިޔޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު، ދައުލަތުގެ މުއައްސަސާތަކުން ހާމަކުރަން ޖެހޭ މައުލޫމާތުތައް އެމުއައްސަސާތަކުން އިއުލާން ކުރުމުގެ ކުރިން ޕީޕީއެމުން އިއުލާން ކުރާތީ ފާޑު ކިޔުންތައްވެސް އެޕާޓީއަށް އަމާޒުވި އެވެ.
ޕީޖީން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މަޖިލީހުގެ މެންބަރުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރަން ކޯޓަށް ފޮނުވައިފި އެވެ. އެދައުވާ ކުރަން ފޮނުވި އިތުރު ބޭފުޅުންގެ ތެރޭގައި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުވެސް ހިމެނެ އެވެ.
އެ ބޭފުޅުންނަކީ ބަގާވާތެއް ގެނެސް ވެރިކަން ވައްޓާލަން އުޅުނު ކަމަށް ޕީޕީއެމުން ތުހުމަތު ކުރި ބޭފުޅުންނެވެ.
ގާސިމްގެ ވާހަކައަކީ ވެރިކަން ވައްޓާލުމުގެ އިއުތިރާފެއް
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"
ރައީސް ޔާމީން މަގާމަށް ފިޓުކަން ދައްކައިދީފި: ނިހާން
ސަރުކާރުގެ މަޑުމައިތިރިކަމަކީ ބަލިކަށިވުމެއް ނޫން:އާޒިމާ
"އަމުރުން އެނގެނީ ގަރާރު ފާސްކުރީ ރަނގަޅަށް ކަން"
"ބަޣާވާތު"ގެ އަޑީގައި ހުރީ ގާސިމް: އަބްދުއްރަހީމް
މިއީ ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް
ހާރިޖީ ގޮތުން ވެސް ރާއްޖެއަށް ލިބުނީ ނަސްރެއް: ރައީސް
ހާލަތު އުފެއްދި މީހުންނަށް ވެސް އޭގެ ކޮންޓްރޯލެއް ނެތް
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް