Roadha Mihaaru
ފްރާންސްގެ ދެކުނުގައި އައިއެސް އިން ބަޔަކު ރަހީނުކޮށްފި

ފްރާންސްގެ ދެކުނުގައި އައިއެސް އިން ބަޔަކު ރަހީނުކޮށްފި

23 މާޗް 2018

ޕެރިސް (މާޗް 23) - ފްރާންސްގެ ދެކުނުގެ ޓްރެބާގެ ސުޕަމާކެޓެއްގައި ހަތިޔާރު އަޅައިގެން ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންގެ ގްރޫޕަކުން ބަޔަކު ރަހީނުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (މާޗް 23) - ފްރާންސްގެ ދެކުނުގެ ޓްރެބާގެ ސުޕަމާކެޓެއްގައި ހަތިޔާރު އަޅައިގެން ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންގެ ގްރޫޕަކުން ބަޔަކު ރަހީނުކޮށްފި އެވެ.

ސުޕަ ޔޫ ޝޮޕުގައި އެލީޓް ފުލުހުންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށްވެ އެވެ. ފްރާންސްގެ ޕްރޮސެކިއުޓަރަކު ވިދާޅުވެފައި ވަނީ ހަތިޔާރު އަޅައިގެން ތިބީ އައިއެސްގެ ހަނގުރާމަވެރިން ކަމަށެވެ. އަދި ބޮޑު ވަޒީރު އެޑުއާޑް ފިލިއްޕެ ވިދާޅުވީ ހާލަތު ވަރަށް "ސީރިއަސް" ކަމަށެވެ.

ބަޔަކު ރަހީނުކުރި ސުޕަމާކެޓް ހިމެނޭ ސަރަހައްދު ފުލުހުން ބްލޮކްކޮށްފައި. --ފޮޓޯ:އޭއެފްޕީ

ބަޔަކު ރަހީނުކުރި ސުޕަމާކެޓް ހިމެނޭ ސަރަހައްދު ފުލުހުން ބްލޮކްކޮށްފައި. --ފޮޓޯ:އޭއެފްޕީ

ރީޖަނަލް ފުލުހުންގެ ވެރިޔާ ވިދާޅުވީ ހަމަލާތަކުގައި ސުޕަމާކެޓުން އެކަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދެ މީހުން ވަނީ މަރުވެފަ އެވެ. ސުޕަމާކެޓް ހިމެނޭ ސަރަހައްދު ބަންދު ކުރުމަށް ފަހު ގިނަ އަދަދެއްގެ ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފްރާންސްގައި 2015 ވަނަ އަހަރުގެ ފަހުން ވަނީ ދޭތެރެ ދޭތެރެއިން ޓެރަރިސްޓް ހަމަލާތައް ދީފަ އެވެ. ނޮވެމްބަރު 2015 ގައި ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 130 މީހުން މަރުވި އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނެވެ.