20 ޖުލައި 2016
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ގާނޫނީ ވަކީލުން ނުލިބުމުގެ މައްސަލަ އެބަ ހުރި ކަމަށާއި "ދެރަވަރު" މީހުންނަށް ގާނޫނީ ވަކީލުންގެ މުހިންމުކަން ބޮޑު ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ގާނޫނީ ވަކީލުން ނުލިބުމުގެ މައްސަލަ އެބަ ހުރި ކަމަށާއި "ދެރަވަރު" މީހުންނަށް ގާނޫނީ ވަކީލުންގެ މުހިންމުކަން ބޮޑު ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގައުމީ މަހާސިންތާ ފަށަން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފަށް ވާސިލްވެވޭނީ ކޯޓުތައް މެދުވެރިކޮށް މީހުންގެ ހައްގުތައް ހޯދަން ބޭނުންވާ މައުލޫމާތާއި ހޭލުންތެރިކަމާއި ވަސީލަތް ފަހިކޮށްދީގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މާލީ ތަނަވަސްކަން ހުރި މީހުންނާއި ތަނަވަސްކަން ނެތް މީހުންނަށް ވެސް ހަމަހަމަކަން ހޯދައިދޭ ނިޒާމެކެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހެއްގެ ގާނޫނުގެ އެހީތެރިކަން ލިބޭނެ ތަނަވަސްކަން ނެތް ނަމަ، އެ މީހަކަށް ގާނޫނީ ވަކީލަކު އައްޔަން ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ވަކީލުންނަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތް. މި ވަސީލަތް ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމުން އެ މީހުންނަށް ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ހޯދައިދެވޭ،" އުއްތަމަފަނޑިޔާރު ސައީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ކުށެއްގެ ތުހުމަތުކުރެވޭ މީހަކަށް ވަކީލަކު އައްޔަން ނުކުރެވި ހުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އަދުލު އިންސާފު ހޯދަން އިތުރު ދަތިތަކާއި ވޭނާއި ތަކުލީފްތައް އުފުލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން ގާނޫނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ދައުލަތުން އެ އެހީތެރިކަން ފޯރުކުރެވިދާނެ ނިޒާމެއް ގާއިމްކޮށް ދިނުމަކީ އެންމެންނަށް މަންފާ ލިބޭނެ ކަމެއް ކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ މަހާސިންތާ ފަށަން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ޔޫއެންޑީޕީ
އުއްތަމަ ފަނޑިޔާރުގެ ވާހަކައިގައި އަދުލު އިންސާފަށް ވާސިލްވުމުގެ ކަންކަން ހަރުދަނާ ކުރުމަކީ ޝަރުއީ ދާއިރާއިން އެންމެ އިސްކަން ދޭ މަސައްކަތް ކަން ފާހަގަކުރެއްވި އެވެ. އެގޮތުން 2008 އިން ފެށިގެން ސުޕްރީމް ކޯޓުން ދަނީ އެ މަސައްކަތް ކުރަމުން ކަމަށާއި މިދިޔަ އަހަރު ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަަށް މުހިންމު ފިޔަވަޅުތަކެއް އެޅިކަން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ނިޔަލަށް ބަނޑޮހުގައި ކުރިއަށްދާ މަހާސިންތާގެ ބޭނުމަކީ ގާނޫނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ދައުލަތުން އެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދިރާސާކުރުމެވެ. މި ކޮންފަރެންސް ކުރިއަށް ދަނީ ޔޫއެންޑީޕީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެންނެވެ. މި މަހާސިންތާގައި ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ވަކީލުން ބައިވެރިވެ އެވެ.
ބަންޑާރަ ނައިބާ ދެކޮޅަށް ހެދި ޕެޓިޝަނެއް ހުއްޓުވައިފި
އޭޖީން ހުށަހެޅި މައްސަލައަށް ފާޑުކިއުންތައް އަމާޒުވެއްޖެ
މެންބަރުންގެ އަދަދު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
މަޖިލިސް ގަވައިދު ބަދަލުކުރީ އަމުރާ ހިލާފަށް: ދައުލަތް
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
ކައުންސިލްތަކަށް ކޯޓަށް ނުދެވުން:ކޯޓުގައި ބަހުސެއް ނެތް
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
އައިކޮމް ނިންމުންތައް ނުބަލަންކުރި ހުކުމް އިސްތިއުނާފަށް
"ޖޭއެސްސީގެ ގާނޫނުގެ މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ"