ބްރެޑް ޕިޓް ފިލްމް ކުޅުން ހުއްޓައިލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.
11 އެޕްރީލް 2018
ބްރެޑް ޕިޓް ފިލްމް ކުޅުން ހުއްޓައިލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.
އެކަމަކު ދެ ބަތަލާއަކާ ކުރި ނާކާމިޔާބު ދެ ކައިވެންޏަށް ފަހު، ޕިޓްގެ ހަޔާތަށް މިހާރު މުޅިން ތަފާތު ދާއިރާއަކަށް ނިސްބަތްވާ އަންހެނަކު އައި ވާހަކަ ތިލަވެފައިވާ އިރު، އޭނާ ފިލްމް ކުޅުން ހުއްޓާލަން ޕްލޭން ކުރަމުންދާ ކަމަށް ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
އީނިއުސް އިން ރިޕޯޓް ކުރާ ގޮތުގައި ޕިޓްގެ އެންމެ ފަހު ފިލްމަކަށް ވާނީ ކްއެންޓަން ޓެރެންޓީނޯ ޑައިރެކްޓް ކުރާ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އެވެ. އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ލިއޮނާޑޯ ޑި ކެޕްރިއޯ އާއި މާގޯ ރޮބީ ހިމެނެ އެވެ.
"ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް، 9، 2019 ގަ އެވެ.
ޕިޓް ފިލްމް ކުޅުން ހުއްޓައިލަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް، އެކަމާ ބެހޭ ގޮތުން އަދި އޭނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މިހާރު އުމުރުން 54 އަހަރުގެ ޕިޓްއަކީ ހަމައެކަނި އެކްޓަރެއް ވެސް ނޫންކަން ފާހަގަކޮށްލަން ޖެހެ އެވެ.
ނޭރީ އަދި ޕިޓް: ދެ މީހުން އުޅެނީ ރައްޓެހިވެގެން ކަމަށްވޭ.
"އޯޝަންސް" ފްރެންޗައިޒްގެ ފިލްމްތާއި "ޓްރޯއި" އަދި "ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓަން" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައވާ ޕިޓަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ. ފަހަރުގައި އެކްޓް ކުރުން ހުއްޓައިލިޔަސް، އޭނާ ފިލްމް ޕްރޮޑިއުސަރެއްގެ ގޮތުގައި ދެމި ހުންނާނެ އެވެ.
އެކަމަކު ޕިޓް މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުން ބުނާ ޕްރޮފެސަރު/އާކިޓެކްޓް ނެރީ އޮޒްމާން ނުފޫޒުން، ފިލްމީީ ދާއިރާ އެއްކޮށް ދޫކޮށްލުމަކީ ނުވާނެ ކަމެކޭ ބުނާކަށް ނޭނގެ އެވެ.
އެންޖެލީނާ ޖޮލީ އާއި ޖެނިފާ އެނިސްޓަންއާ ކައިވެނި ކުރި ޕިޓް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ވޯ މެޝިން" އިންނެވެ.
އެނިސްޓަންގެ ބައޮގްރަފީ ދެން ލަހެއް ނުވާނެ
އެނިސްޓަންގެ އާ ބައިވެރިޔަކީ ހެލީގެ ކުރީގެ ލޯބިވެރިޔާ
ކުރީގެ "ލޯބިވެރިޔަކު" ބްރެޑް ޕިޓަށް ދައުވާކޮށްފި
ބްރެޑް ޕިޓާ މިހާރު ގުޅުވަނީ އާލިއާ ޝައުކަތު
އަހަރަންގެ ޒާތީ ދިރިއުޅުމަކީ ހައިޖާނެއް: ބްރެޑް ޕިޓް
ފިލްމު ކުޅޭ ވަރަށް ވުރެ މިހާރު މުސްކުޅިވެއްޖެ: ބްރެޑް ޕިޓް
އެންޖެލީނާ ޖޮލީ އާއި ޓޮމް ހިޑެލްސްޓަން އަޅުވައިކިޔަނީ
ބްރެޑް ޕިޓްގެ އާ ބައިވެރިޔަކީ ޗާލީޒް ތެރަން؟
އެންޖެލީނާ ޖޮލީ އާއި ޖަސްޓިން ތެރަކްސް ގުޅުނީތަ؟
ބްރެޑް ޕިޓް ދެން ސެލެބްރިޓީއަކާ ނުގުޅޭނެ