Roadha Mihaaru
ބްރެޑް ޕިޓް ދެން ސެލެބްރިޓީއަކާ ނުގުޅޭނެ

ބްރެޑް ޕިޓް ދެން ސެލެބްރިޓީއަކާ ލޯބީގެ ގޮތުން ނުގުޅޭނެ

01 ނޮވެމްބަރ 2018

މަޝްހޫރު ދެ ބަތަލާއަކާ ކައިވެނިކޮށްގެން އެކްޓަރު ބްރެޑް ޕިޓް މިހާތަނަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއްކޮށްފި އެވެ. ޖެނިފާ އެނިސްޓަން އާއި އެންޖެލީނާ ޖޮލީއާ ވެސް ކުރި ކައިވެނިތައް ކާމިޔާބު ނުވެ، ޖެހުނީ އެނބުރި ދާށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ދެ ބަތަލާއަކާ ކައިވެނިކޮށްގެން އެކްޓަރު ބްރެޑް ޕިޓް މިހާތަނަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއްކޮށްފި އެވެ. ޖެނިފާ އެނިސްޓަން އާއި އެންޖެލީނާ ޖޮލީއާ ވެސް ކުރި ކައިވެނިތައް ކާމިޔާބު ނުވެ، ޖެހުނީ އެނބުރި ދާށެވެ.

އެ ދެ ބަތަލާއިންގެ އިތުރުން ބްރެޑް ވަނީ ބަތަލާ ގްވެނަތު ޕަލްޓްރޯ، 46، އާއި ޖޫލިއެޓް ލުވިސް، 45، އާ ވެސް މީގެ ކުރިން ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ. އެކަމަކު މަޝްހޫރު ބަތަލާއިންނާ އެކު މިހާތަނަށް 54 އަހަރުގެ އެކްޓަރު ބޭއްވި ލޯބީގެ ހުރިހާ ގުޅުމެއް ވެސް ފެއިލްވެފައިވާތީ އަލުން އެ ތަޖުރިބާ ނުކުރަން ވަނީ ނިންމައިފައި ކަމަށްވެ އެވެ.

ބްރެޑްގެ ގާތް މީހަކާ ހަވާލާދީ، ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ ނޫސްތަކުން ބުނި ގޮތުގައި އޭނާ ދެން ދުވަހަކު ވެސް މަޝްހޫރު މީހަކާ ލޯބީގެ ގޮތުން ނުގުޅޭނެ އެވެ. އަދި ބްރެޑް ބޭނުން ވަނީ ކުރިއަށް އޮތް ތަނުގައި އޭނާ ޒާތީ ދިރިއުޅުން ވަރަށް އާދައިގެ ގޮތަކަށް ބާއްވަން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ޖޮލީ އާއި ބްރެޑްގެ ގުޅުން ނިމުމަކަށް އައި ހިސާބުން ވެސް މަޝްހޫރު ބައެއް ބަތަލާއިންނާއި އޭނާ އަޅުވާކިޔާފައިވާ ކަމެވެ.

އޭގެ ތެރޭގައި މިހާރު ކުޅެމުން އަންނަ ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގެ ބަތަލާ މާގޯ ރޮބީ، 28، އާއި އިނގިރޭސި ބަތަލާ އެލާ ޕާނެލް، 21، ހިމެނެ އެވެ.

އޭގެ ފަހުން ދެން އަޑުތައް އަރައިގެން ދިޔައީ އެމެރިކާގެ މެސަޗޫޓެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރު ނޭރީ އޮޒްމަން، 42، އާއި ބްރެޑް ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ. ނަމަވެސް ދާދި ފަހުން ނޭރީ ވަނީ އެކަން ދޮގުކޮށްފަ އެވެ.

Brad Pitt ge hayaathah mi faharu Professor eh?

Brad Pitt ge hayaathah mi faharu Professor eh?

The most trusted news source in the Maldives

Mihaaru

ބްރެޑް ލޯބީގެ ގުޅުމެއް ބޭއްވި ވާހަކަ ނޭރީ ވަނީ ދޮގުކޮށްފައި.

"ބްރެޑްގެ ހަޔާތަށް މިހާރު އައިސްފައިވާ ބަދަލުން އަހަންނަކަށް ގަބޫލެއް ނުކުރެވޭ ދެން ދުވަހަކު ވެސް އޭނަ މަޝްހޫރު މީހަކާ ލޯބީގެ ގޮތުން ގުޅޭނެ ކަމަކަށް،" މީޑިއާތަކާ ވާހަކަ ދެއްކި ބްރެޑް ގާތް މީހާ ބުންޏެވެ. "އޭނާ މިހާރު ބޭނުން ވަނީ ވަރަށް ލޯ ޕްރޮފައިލް ލައިފެއް. ނޯމަލް ދިރިއުޅުމަކަށް އޭނަ މިހާރު އިސްކަން ދެނީ. އަދި މި ދަނޑިވަޅުގައި ބްރެޑްގެ ލައިފްގައި އެހާ ހާއްސަ މީހެއް ނެތް. އެކަމަކު އޭނަ އުޅެނީ މީހަކާ ރައްޓެވެގެންނާ ބުނާކަށް ބޭނުމެއް ނޫން."

ޖޮލީ އާއި ބްރެޑް ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އެނިސްޓަންގެ ދެވަނަ ކައިވެނި ވެސް މިދިޔަ އަހަރު ރޫޅުމާ އެކު، ވަރަށް ގިނަ ބަޔަކު ބުނަމުން ދިޔައީ ބްރެޑް އާއި އެނިސްޓަން އަލުން ގުޅޭނެ ކަމަށެވެ.

ނަމަވެސް ފެންނަ ފެނުމަށް ބަލާ އިރު، އެއީ ވުމަށް ވުރެ ނުވުން ދުރު ކަމެއް ކަމަށް މީޑިިއާތަކުން މިހާރު ބުނެ އެވެ.