Roadha Mihaaru
އެންޖެލީނާ ޖޮލީ އާއި ޓޮމް ހިޑެލްސްޓަން އަޅުވައިކިޔަނީ

އެންޖެލީނާ ޖޮލީ އާއި ޓޮމް ހިޑެލްސްޓަން އަޅުވައިކިޔަނީ

26 ޖެނުއަރީ 2019

އެންޖެލީނާ ޖޮލީގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު ބްރެޑް ޕިޓް، ބަތަލާ ޗާލީޒް ތެރޯންއާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް، އެންޖެލީނާ ވެސް އައު ބައިވެރިޔަކު ހޯދައިފި ކަމަށް ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންޖެލީނާ ޖޮލީގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު ބްރެޑް ޕިޓް، ބަތަލާ ޗާލީޒް ތެރޯންއާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް، އެންޖެލީނާ ވެސް އައު ބައިވެރިޔަކު ހޯދައިފި ކަމަށް ދެކެވެން ފަށައިފި އެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން 2016 ގައި ޕިޓް ގާތުން ވަރިވާން ކޯޓަށް ހުށަހެޅިތާ މާ ގިނަ ދުވަހެއް ނުވަނީސް، އެންޖެލީނާ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔަކާ ލޯބީގެ ގޮތުން ގުޅިފައިވެ އެވެ. އެކަމަކު ފަހުން ދެން އަޑު އިވުނީ ޕިޓް އެންމެ ފުރަތަމަ ކައިވެނި ކުރި ބަތަލާ ޖެނިފާ އެނިސްޓަން ދެވަނަ އަށް ކައިވެނިކުރި އަދި 2017 ގައި ރޫޅުނު ކައިވެންޏާ އެކު އެންޖެލީނާ ޖަސްޓިން ތުރޫ ލޯބީގެ ގޮތުން ގުޅުނު ވާހަކަ އެވެ. މިހާރު އެ ވާހަކަތައް މާޒީވީ އެވެ.

ގޮސިޕްކޮޕުން ރިޕޯޓްކޮށްފައިވާ ގޮތުން އެންޖެލީނާ، 43، ގެ އައު ބައިވެރިޔަކީ ކުރިން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ ވެސް ރައްޓެހިވި އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަން، 37، އެވެ. އެ ނޫހުން ބުނި ގޮތުގައި މި ދެ މީހުން ލޯބީގެ ގުޅެން މެދުވެރިއަކަށްވީ "ތޯ" ކެރެކްޓާ އިން މަޝްހޫރުވެފައިވާ ކްރިސް ހެމްސުވޯތު އެވެ.

ދާދި ފަހުން ބޭއްވި 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ ތެރޭގައި ކްރިސް، އެންޖީލީނާއާ ދިމެވެގެން ދެކެވުނު ވާހަކަތަކުގެ ތެރޭގައި ޓޮމް އޭނާއާ ވަރަށް ގަޔާވާ ކަމަށް ބުނި ކަމަށްވެ އެވެ. ޓޮމްއަކީ ކްރިސްއާ އެކު "ތޯ" ގެ ފިލްމުތަކުގައި މަސައްކަތް ވެސްކޮށްފައިވާ އެކްޓަރެކެވެ.

އެންޖެލީނާއަކީ ޓޮމް އަށް ވަރަށް ކަމުދާ މީހެއް ކަމަށް ބުނުމުން، ކްރިސް ގާތު އެންޖެލީނާ ވެސް ޓޮމްއާ ގަޔާވާ ކަމަށް ބުނެފައިވާ ކަމަށް ގޮސިޕްކޮޕުން ބުންޏެވެ. އެ ހިސާބުން ކްރިސް މެދުވެރިކޮށް، ދެ ތަރިން ބައްދަލުކޮށް، މިހާރު ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ނަމަވެސް މި ވާހަކަތަކާ ބެހޭ ގޮތުން ކްރިސް އާއި ޓޮމް އަދި އެންޖެލީނާ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.