11 އެޕްރީލް 2018
ކާޑުގެ ބާވަތްތައް ވިއްކާ އަގު ހެޔޮ ކުރި ފަހުން ވެސް، ފިހާރަތަކުން އަގު ބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކާޑުގެ ބާވަތްތައް ވިއްކާ އަގު ހެޔޮ ކުރި ފަހުން ވެސް، ފިހާރަތަކުން އަގު ބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތައް ވިއްކަން ވާނީ ސަރުކާރުން ކަނޑައެޅި އަގަށް ކަމަށެވެ. އަދި އެ އަގަށް ވުރެ ބޮޑުކޮށް ވިއްކުމަކީ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކާޑުގެ އަގު ބަދަލުކުރާ ދުވަހުން ފެށިގެން ވިއްކަން ޖެހޭނީ އެ އަގުގައި. އެއަށް ވުރެ ބޮޑު އަގުގައި ވިއްކާ ކަމުގެ ޝަކުވާ ލިބެމުންދާތީ މިނިސްޓްރީން އެކަން ބަލަމުން އެބަގެންދަން،" ތައުފީގް ވިދާޅުވި އެވެ.
- ހަކުރު ކިލޯއެއް 4ރ. އަށް
- ހަނޑޫ ކިލޯއެއް 3.98ރ. އަށް
- ފުށް ކިލޯއެއް 2.98ރ. އަށް
ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާ ނަމަ އެކަން ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހޮޓްލައިނެއް (7907800) ވެސް ވަނީ ގާއިމުކޮށްފަ އެވެ.
މިނިސްޓަރުގެ ނައިބު ވިދާޅުވީ ކޮންޓްރޯލް އަގަށް ވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކާ ނަމަ ގަވައިދުގައިވާ ގޮތުގެ މަތިން އަމަލުކުރާނެ ކަމަށެވެ. އަދި އަގު ބޮޑުކޮށް ވިއްކާ ނަމަ އެކަން ރަނގަޅުކުރަން ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެން ކިލޯއަކަށް ގިނަވެގެން އިތުރު ކުރެވޭނެ ވަރު ވެސް ކަނޑައަޅާފައިވެ އެވެ.
އެގޮތުން ޒޯން އެކެއްގައި ހިމެނޭ ރަށްރަށަށް ކިލޯއަކަށް ނަގާނީ 1.02ރ. އެވެ. އަދި ޒޯން ދޭއްގައި ހިމެނޭ ރަށްތަކަށް ކިލޯއަކަށް ނަގާނީ 82 ލާރި އެވެ. ޒޯން ތިނެއްގެ ރަށްތަކަށް 1.21ރ. އެވެ.
މުދާ އެތެރެކުރުމުގައި ދައްޗެއް ނެތް: ވިޔަފާރިވެރިން
ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކާ އަގު ހެޔޮކޮށްފި
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ގޭބިސީތަކަށް ކާޑު ބަހަން ހޮނިހިރު ދުވަހު ފަށަނީ
ތުރުކީގެ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް އަންނާނެ
ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ
ފުށް ބަސްތާތަކެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ކާޑު ހޯލްސޭލްކޮށް ވިއްކަން ފަށަނީ
ކާޑު ގަންނަން 2.6 ބިލިއަން ރުފިޔާގެ ކްރެޑިޓް ދީފި
ޅޮހިން މާލެއަށް ދަތުރު ނުކުރާތީ ރަށުން ކާޑު ހުސްވެއްޖެ