Roadha Mihaaru
އޭޑީކޭގެ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ

އޭޑީކޭ އިން ދޫކުރާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ ގޮތް ހަދައިފި

14 އެޕްރީލް 2018

ޑޮކްޓަރަށް ދެއްކުމަށްޓަކައި ހަދާ މެމޯގައިވާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ ނިޒާމެއް އޭޑީކޭ ހޮސްޕިޓަލުން ގާއިމްކޮށްފި އެވެ.

ޑޮކްޓަރަށް ދެއްކުމަށްޓަކައި ހަދާ މެމޯގައިވާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ ނިޒާމެއް އޭޑީކޭ ހޮސްޕިޓަލުން ގާއިމްކޮށްފި އެވެ.

މާލޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ ޓޯކަން ނަމްބަރު އެ ހޮސްޕިޓަލްގެ ވެބްސައިޓް، އޭޑީކޭހޮސްޕިޓަލްޑޮޓްކޮމް އިން ބެލޭނެ ކަމަށެވެ. އަދި ޓޯކަން ނަންބަރު "ކިޔުބީ" އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބެލޭނެ ގޮތް ހަދާފައިވާ ކަމަށް އޭޑީކޭ އިން ބުންޏެވެ.

އެ ހޮސްޕިޓަލުން ވަނީ ޓޯކަން ނަންބަރު އޮންލައިންކޮށް ބެލުމުގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެ ގޮތް މީގެ ކުރިން ހަދައިފަ އެވެ.

މީގެ 31 އަހަރު ކުރިން އުފެއްދި ހޮސްޕިޓަލުގައި މިހާރު އެންމެ ޒަމާނީ ފެންވަރުގެ ފަރުވާ ލިބެން ހުރެ އެވެ. ދާދި ފަހުން އޭޑީކޭގައި ވަނީ ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ކެތު ލެބަކާއި ބައިޕާސް އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ.