މެޑިކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން، އެމްވީ މެޑިކަލްސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މެޑިކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން، އެމްވީ މެޑިކަލްސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އޭޑިކޭ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އާއި އެމްވީ މެޑިކަލްސްގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރު އަބްދުލް ޖަލީލް ހުސައިނެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، އަފްއާލް ވިދާޅުވީ، މިއީ ރާއްޖެ އަށް ވަރަށް އާ ކަމެއް ކަމަށާއި މި ކަން ކާމިޔާބު ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް، އަމާޒަކީ އެ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަން. އެކަމަކު އަޅުގަނޑުމެން މި ހަރުފަތަށް މި އެރީ އަނބުރާ ތިރި އަށް ފައިބާކަށް ނޫން. ދެން އަޅުގަނޑުމެން ހަމަ އަރާނީ މައްޗަށް،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މެޑިކަލް ޓޫރިޒަމް އަމާޒު ކުރާނީ ކަށީގެ ބަލިތަކާއި ހިތުގެ ބަލިތަކުގެ އިތުރުން ނާރުގެ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށެވެ. އަދި އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި 8-10 ވަރަކަށް ބޭރު މީހުންނަށް ފަރުވާ ދިނުން ކަމަށް އަފްއާލް ވިދާޅުވި އެވެ.
އޭޑީކޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައްފާލް (ވ) އަދި ޖަލީލު.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ފުރަތަމަ އަހަރު 8-10 ވަރަކަށް މީހުން ލިބުނަސް އަޅުގަނޑުމެން ބަލާނީ ކާމިޔާބީއެއް ކަމަށް. އަޅުގަނޑުމެން މި ބުނަނީ އެ ދާއިރާތަކުން ބޮޑެތި ޕްރޮސީޖާތައް، މިތާ އެޑްމިޓް ކޮށްގެން ހަދާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
އެއްބަސްވުމުގެ ދަށުން، އެމްވީ މެޑިކަލްސްއާ ހަވާލުކޮށްފައި ވަނީ އެ ފަދަ ބަލި މީހުން ރާއްޖެ އަށް ގެނައުމަށެވެ. އެ ކުންފުނީގެ ފަރާތުން ޖަލީލް ވިދާޅުވީ، އެންމެ ބޮޑަށް އަމާޒު ކުރާނީ މެދުއިރުމަތި އަދި އެފްރިކާގެ ގައުމުތަކުން މީހުން ގެނައުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ހިންގަން ބައެއް އެހެން ގައުމުތަކާ އަޅާ ބަލާއިރު ފަސޭހަތަކެއް އެބަހުއްޓެވެ. އެގޮތުން، ރާއްޖޭ އަށް ބޭރު މީހުންނަށް އެތެރެވާން ފަސޭހަކަން ޖަލީލް ފާހަގަ ކުރެއްވި އެވެ.
"މިސާލަކަށް އެފްރިކާ އިން މީހަކު އައިސް އިންޑިއާ އަށް އެތެރެވާން ވިސާ އާއި އެހެނިހެން ކަންކަމަށް އެބަ ދޭ ބޭހަށް ހަރަދުވާ ވަރަށް ވުރެ ބޮޑު އެއްޗެއް. އެކަމަކު، އަޅުގަނޑުމެންގެ އެ ކަން މިއޮތީ ވަރަށް ފަސޭހަކޮށް،" ޖަލީލް ވިދާޅުވި އެވެ.
މެޑިކަލް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް އޮންނަ އިތުބާރު އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މެޑިކަލް ޓޫރިޒަމާ އެކު ބޭރަށް ފަރުވާ އަށް ދާ ދިވެހިންގެ އަދަދު މަދުކުރެވިދާނެ ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.
އޭޑީކޭގެ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ
ފުރަތަމަ މެޑިކަލް ފެއާ އޭޑީކޭ އިން ސްޕޮންސަކޮށްފި
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ފަންކްޝަނަލް ނިއުރޯ ސާޖަރީ ތައާރަފްކުރަން ވޯކްޝޮޕެއް
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި