Roadha Mihaaru
އެއްކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށް، ދުބާއީގެ ފުލުހުން ތަހުގީގު ފަށައިފި

18 އެޕްރީލް 2018

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށް ދުބާއީގެ ފުލުހުން އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށް ދުބާއީގެ ފުލުހުން އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ދިވެހި ފުލުހުންނާއި ދުބާއީގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ޓުވީޓް

އެ މީހާ ހައްޔަރުކުރި ދުވަހެއް ގައުމެއް އަދި އޭނާގެ އެއްވެސް މައުލޫމާތެއް ދެ ގައުމުގެ ފުލުހުން ވެސް އަދިއެއް އާންމެއް ނުކުރެ އެވެ.

ދިވެހި ފުލުހުން ބުނިގޮތުގައި، އެ މައްސަލަ ތަހުގީގު ކުރަނީ ދުބާއީގެ ފުލުހުންނެވެ.