25 އެޕްރީލް 2018
އިދިކޮޅު އެއް ކެންޑިޑޭޓު ނެރެގެން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ކޯލިޝަން ސަރުކާރެއް ހިންގާނެ ގޮތުގެ ކަރުދާހެއް އެކުލަވާލާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެއް ކެންޑިޑޭޓު ނެރެގެން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ކޯލިޝަން ސަރުކާރެއް ހިންގާނެ ގޮތުގެ ކަރުދާހެއް އެކުލަވާލާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނުނެރެވި ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބުނަމުން ދަނިކޮށް، ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިބޫ ވިދާޅުވީ އިންތިޚާބަށް ހުޅުވާލުމުން، އިދިކޮޅުގެ އެއް ކެންޑިޑޭޓު ފެންނާނެ ކަމަށެވެ. އިންތިޚާބަށް ވާދަކުރާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ އެ ކެންޑިޑޭޓުގެ ނަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި އެއް ކެންޑިޑޭޓަކު ކަނޑައަޅަން އެކުލަވާލާފައިވާ "އަށާރަނަވާރަ" ކޮމެޓީގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އެއީ، ރިޔާސީ އިންތިޚާބުގެ އިތުރުން 2019 ގެ އާއްމު އިންތިޚާބުގައި ވެސް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން އުފެއްދި ކޮމެޓީއެއް ކަމަށް އިބޫ ވިދާޅުވި އެވެ.
"އެ ކޮމެޓީގައި މަޝްވަރާ ކުރެވި އަޅުގަނޑުމެންގެ އެކުލެވިފައި އޮތް ސަރުކާރެއްގެ އަސާސީ ސިފަތަކުގެ ކަރުދާސް މި ވަގުތު ވަނީ އެކުލަވާލެވި ލީޑަރުންނާ ހިއްސާ ކުރެވިފައި،" އިބޫ ވިދާޅުވި އެވެ.
އޭގައި ހިމެނޭ މައުލޫމާތުތައް، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް އަވަހަށް އާންމުންނާ ހިއްސާކުރާނެ އެވެ.
އިބޫ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވާދަ ކުރެއްވި ނަމަވެސް ރައްޔިތުންގެ ތާއީދެއް ނެތް ކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އިންތިޚާބުގައި ކާމިޔާބު ހޯދާނީ އިދިކޮޅު ޕާޓީތަކުން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އެއްބައިވަންތަ ސަރުކާރެއްގެ އަސާސީ ސިފަތައް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއިރު، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އަދި ކަނޑައެއް ނޭޅޭ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބަށް ނެރެން ބޭނުންވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ރާއްޖޭގެ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުތައް ބުނާގޮތުން، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މި ދެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ. އެއީ، ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއި ގާސިމަށް އިއްވާފައިވާ ތިން އަހަރުގެ ހުކުމުގެ އިތުރުން އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނޫއަސާސީ އަށް ގެނެސްފައިވާ އިސްލާހެވެ.
ހުކުމެއް އޮތަސް، އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށާއި ނަޝީދާއި ގާސިމަށް ވެސް ހުކުމް އިއްވީ ރިޔާސީ ރޭހުން ބޭރުކުރަން، ނާއިންސާފުން ކަމަށް ދެ ޕާޓީން އަންނަނީ ބުނަމުންނެވެ. އެއާއެކު، ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ އެކު މި ބޭފުޅުން މިނިވަން ވެފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުން ގަބޫލު ކުކުރެ އެވެ. އެކަމަކު އެކަން ސަރުކާރުން އެކަން ގަބޫލެއް ނުކުރެ އެވެ.
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
ޖޭޕީން ދައްކާނީ ގަބޫލުކުރެވޭ ރަނިން މޭޓެއް: މާރިޔާ
ޖޭޕީން ރަނިންމޭޓަކު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
އިބޫއާ އެކު ޖޭޕީން ރަނިންމޭޓަކަށް ނަގާނީ ކާކު؟
މައްސަލަ ދެން ވައްދާނީ 42 ސޮޔާއެކު:އިދިކޮޅުފަރާތްތައް
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ