10 އެޕްރީލް 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކިކުރުމަށް ދެން ހުށަހަޅާނީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް މަޖިލިހުގެ ގަވައިދަށް މިއަދު ގެނައި ބަދަލުގައިވާ ގޮތަށް 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކިކުރުމަށް ދެން ހުށަހަޅާނީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް މަޖިލިހުގެ ގަވައިދަށް މިއަދު ގެނައި ބަދަލުގައިވާ ގޮތަށް 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
މަސީހާއި މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ ރިޔާސަތު ބަދަލުކުރަން ހުށަނޭޅޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސް މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ގަވައިދުގައި ކުރިން އޮންނަ ގޮތުން ނަމަ، 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކު މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނެ އެވެ.
ގަވައިދަށް ހުށަހެޅި އިސްލާހު މިއަދު ފާސްކުރީ ޕީޕީއެމާއި/އެމްޑީއޭ ކޯލިޝަންގެ 46 މެމްބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިއެއް ނުވެ އެވެ.
ވޯޓަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެނައީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު އިސްލާހެއް ކަަމަށެވެ. އިދިކޮޅު މެމްބަރުން އެ ވޯޓުގައި ބައިވެރިވެރި ނުވީ އެހެންވެ ކަމަށާއި އެއީ މަޖިލީހުގައި އެޖެންޑާ ކުރެވިގެން ވާނެ އިސްލާހެއް ނޫން ކަމަށް އިބޫ މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ އިމުގެ ތެރެއިން މަޖިލީހުގައި ވޯޓެއް ނަގައިފި ނަމަ މަސީހު ވަކިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.
"އަޅުގަނޑުމެން ގަބޫލުކުރިއަސް ނުކުރިއަސް އެ އޮތީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައި. މީގެ ކުރިން އަޅުގަނޑުމެން އަމަލުކުރީ ގަވާއިދުގައި އޮތް ގޮތަށް. އަޅުގަނޑުމެން ދެން ކުރިއަށް ދާނީ ފާސްކުރި އިސްލާހާ އެއްގޮތަށް. އަޅުގަނޑުމެން ދާނީ ގަވާއިދާ އެއްގޮތަށް،" އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލިހުގެ އިދާރާގެ ބޭރުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވީ މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބޭނެ ކަމަށެވެ. މަޖިލީހަށް ދެ ވަނަ ފަހަރަށް މައްސަލަ ވެއްދީ ވެސް އެ ޔަގީންކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
"މި މަސައްކަތް ހުއްޓައެއް ނުލާނެ. އިސްލާހީ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން. ގާނުނީ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާއިރު ސަރުކާރުން ފަހަތަށް ޖެހެމުން ގޮސް އަރާނެ ގޮޅި ހުސްވާނެ،" އިބޫ ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ގާނޫނުއަސާސީއާ ޚިލާފަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ނެގި ވޯޓުގައި ވެސް ސަރުކާރަށް އޮތް ތާއީދު ދަށްވަމުން ދާ މަންޒަރު ފެނިފައިވާ ކަމަށެވެ. މަސީހްގެ އިތުބާރު އޮތް ކަމަށް މިދިޔަ މަހުގެ 27 ގައި ބޭއްވި ޖަލްސާގައި 48 ވޯޓު ދިންއިރު، ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނަށް މިއަދު ލިބުނީ 46 ވޯޓު ކަން ފާރިސް ފާހަގަކުރެއްވި އެވެ.
"މިކަން ހުއްޓައެއް ނުލާނަން. އަޅުގަނޑުމެންނަށް ލިބެމުން މި އަންނަނީ ކުރިއެރުންތަކެއް،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަކީ މެމްބަރުން ކުރައްވަން ޖެހިވަޑައިގަންނަވާ، މެމްބަރުންގެ މައްޗަށް ލާޒިމް މަސައްކަތެކެވެ. ޕީޕީއެމްގައި ތިއްބެވި މެމްބަރުންނާއި ދިވެހި ރައްޔިތުން ވެސް އެކަން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ 11 މެމްބަރުން ސަރުކާރު ކޯލިޝަންގެ ތެރޭގައި މިހާރު ވެސް އެބަތިއްބެވި ކަމަށެވެ. އެކަން ރައީސް އަބްދުﷲ ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން މެމްބަރުންނެއް ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް މިހާރު ސަރުކާރަކަށް ނެތް. ކުދިކުދި ސަބަބުތަކާ ހެދި ބައެއް ބޭފުޅުންނަށް ފާޅުގައި މަސައްކަތް ނުކުރެއްވުނަސް އަދި އެ ބޭފުޅުން ވެސް މި މަސައްކަތުގައި އުޅުއްވާތަން ފެންނާނެ،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ އިމުން ބޭރުގައި ސަރުކާރުން ކުރާ މަސައްކަތްތަަކަށް ނިމުން އަންނާނެ އެވެ.
"ގޮނޑި ގެއްލުމުގެ ބިރު އޮތަސް ދުލެއް ނުދެއްވާނެ"
"ދެން ކޮންމެ ވޯޓެއް ނެގިޔަސް މަސީހު ވަކިކުރާނަން"
މިކަން މިއޮތީ ނިމިފައި، ޝައްކެތް ނެތް: އިބޫ
މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން ހުށަހަޅައިފި
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
ރައީސް ޔާމީނާ ދެކެވުނު ވާހަކަ އިބޫ ހިއްސާކުރައްވައިފި
ޖޭޕީން ދައްކާނީ ގަބޫލުކުރެވޭ ރަނިން މޭޓެއް: މާރިޔާ
ޖޭޕީން ރަނިންމޭޓަކު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު