Roadha Mihaaru
ފަސްޓް ލޭޑީ ފާތުން އަށް "ފިނިފެންމަލުގެ" މަރުހަބާއެއް

ފަސްޓް ލޭޑީ ފާތުން އަށް ވިލުފުށިން "ފިނިފެންމަލުގެ ފިޔަތަކުގެ" މަރުހަބާއެއް

26 އެޕްރީލް 2018

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ތ. ވިލުފުއްޓަށް ވަޑައިގަތުމުން އެ ރަށުން "ފިނިފެންމަލުގެ ފިޔަތަކުގެ" މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ތ. ވިލުފުއްޓަށް ވަޑައިގަތުމުން އެ ރަށުން "ފިނިފެންމަލުގެ ފިޔަތަކުގެ" މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނީ ފަސްޓް ލޭޑީ ފާތުން ތ. އަތޮޅަށް ވަޑައިގަތީ އެ އަތޮޅުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލެއްވުމަށެވެ. މާދަމާ ރޭ ވޭމަންޑޫގައި ޕީޕީއެމްގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފި އެވެ.

ފަސްޓް ލޭޑީ ފާތުންގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދާއި އެ ޕާޓީގެ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

މެޑަމް ފާތުން އަށް ވިލުފުށީގައި ދިރިއުޅޭ މީހުން ހޫނު މަރުހަބާއެއް މިއަދު ކިޔަނީ.

މެޑަމް ފާތުން އަށް ވިލުފުށީގައި ދިރިއުޅޭ މީހުން ހޫނު މަރުހަބާއެއް މިއަދު ކިޔަނީ.

ފަސްޓް ލޭޑީ ފާތުން ވިލުފުއްޓަށް ވަޑައިގަތުމުން، އެކަމަނާ އަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވި އެވެ. އަދި އެކަމަނާ އަށް މަރުހަބާ ކީ އެހެން ރަށްރަށުގެ މީހުން މަރުހަބާ ކިޔާ ގޮތާ މުޅިން ތަފާތުކޮށް، މާ ފުރިހަމަކޮށް ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

"ފިނިފެންމަލުގެ ފިޔަތަކުން ވަރަށް ފުރިހަމަ މަރުހަބާއެއް ކީ، މިއީ ރަށަކުން މީގެ ކުރިން ފެނިފައިވާ ހިތްގައިމު މަންޒަރެއް ނޫން،" ވިލުފުށީގައި މިވަގުތު ހުންނެވި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލުފުއްޓަކީ ރައީސް ޔާމީނަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. އެކަން ބަނދަރު ސަރަހައްދުން ފެނިގެން ގޮސްފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ވިލުފުށީގެ 90 ޕަސަންޓު ޒުވާނުން ވަޒީފާއެއް އަދާ ކުރަމުން އަންނަ މީހުން ކަމަށެވެ. އެކަމަކު، އެ ރަށުގެ ޒުވާނުންނަށް ގެދޮރު ލިބުމުގެ ދަތިކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލައަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަސްޓް ލޭޑީ މީގެ ކުރިން ވެސް ވަނީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ. ރައީސް ޔާމީން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.