Roadha Mihaaru
އެންސިސްގެ 20 މިލިއަން ޑޮލަރުގެ ފެކްޓަރީ ނިމެނީ

އެންސިސްގެ 20 މިލިއަން ޑޮލަރުގެ ފެކްޓްރީ ސެޕްޓެމްބަރުގައި ހުޅުވަނީ

27 އެޕްރީލް 2018

އެންސިސް ފިޝަރީޒުން 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލޭގައި ހަދާ ދަޅުގައި މަސްބަންދުކުރާ ފެކްޓްރީ އަންނަ ސެޕްޓެމްބަރު ހުޅުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެންސިސް ފިޝަރީޒުން 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލޭގައި ހަދާ ދަޅުގައި މަސްބަންދުކުރާ ފެކްޓްރީ އަންނަ ސެޕްޓެމްބަރު ހުޅުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުންފުނީގެ އިސް ބޭފުޅަކު ވިދާޅުވީ ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭ ގޮތަށް ހަދާ ފެކްޓްރީގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެކްޓްރީ ހުޅުވުމުން ޔޫރަޕްގެ އިތުރުން އެމެރިކާއަށް ވެސް ކަޅުބިލަ މަހާއި ކަންނެލި މަސް ދަޅުގައި ބަންދުކުރުމަށް ފަހު އެކްސްޕޯޓްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހަދާ އެފަދަ ފުރަތަމަ ފެކްޓްރީ ހުޅުވާއިރު އެތަނުގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ހަދަ އެވެ.

އެންސިސް އިން ހުޅުމާލޭގައި ހަދާފައިވާ ކަންނެލި ބަންދުކުރާ ފެކްޓްރީ އާއި އޮފީސް ބިލްޑިން.

އެންސިސް އިން ހުޅުމާލޭގައި ހަދާފައިވާ ކަންނެލި ބަންދުކުރާ ފެކްޓްރީ އާއި އޮފީސް ބިލްޑިން.

އެންސިސް އިން ބުނީ އާ ފެކްޓްރީ ހުޅުވުމާ އެކު މަސްވެރިންގެ އަތުން ގަންނަ މަހުގެ އަދަދު ވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

އެ ކުންފުނިން ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއެއް ހުޅުމާލޭގައި ހަދަން އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓް 6، 2015ގަ އެވެ. އެ ފެކްޓްރީ ހަދަނީ އެންސިސްއިން އެކްސްޕޯޓްކުރާ ކަންނެލި ބަންދުކުރަން ހަދާފައިވާ ފެކްޓްރީއާ ޖެހިގެން އިރަށް އޮންނަ ކޮށީގަ އެވެ.

ރާއްޖޭގައި މިހާރު ދަޅުގައި މަސްބަންދުކުރަނީ މިފްކޯގެ ފެލިވަރުގެ އިތުރުން ހޮރައިޒަން ފިޝަރީޒްގެ މާންދޫ ފެކްޓްރީގަ އެވެ.