Roadha Mihaaru
ޓެކްސް ފައިސާ ހޯދަން މެގައާ ދެކޮޅަށް މީރާއިން ކޯޓަށް

މެގަ މޯލްޑިވްސް އަތުން 13 މިލިއަން ރުފިޔާ ހޯދަން މީރާ އިން ކޯޓަށް ހުށަހަޅައިފި

28 އެޕްރީލް 2018

މާލީ ދަތިތަކެއް ދިމާވެ، އުވާލަން ނިންމާފައިވާ މެގަ މޯލްޑިވްސް އަތުން ޓެކްސްގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލީ ދަތިތަކެއް ދިމާވެ، އުވާލަން ނިންމާފައިވާ މެގަ މޯލްޑިވްސް އަތުން ޓެކްސްގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މެގަ މޯލްޑިވްސްއާ ދެކޮޅަށް މީރާ އިން ދައުވާ ކުރީ ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި ފީ (އޭޓީއެފް) އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 851،000 ޑޮލަރު (13.1 މިލިއަން ރުފިޔާ) އާއި ވިތް ހޯލްޑިންގް ޓެކްސްގެ ގޮތުގައި 63،000ރ. ހޯދުމަށެވެ. މިދިޔަ ހަފުތާގައި ވަކިވވަކިން ވަކިވަކިން ހުށަހެޅި އެ ދެ މައްސަލަ ވެސް ސިވިލް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

މެގަ މޯލްޑިވްސްއާ ދެކޮޅަށް މީރާ އިން ދައުވާ ކުރިއިރު، އެ ކުންފުނި އުވާލަން ނިންމައި، އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ 24 މުވައްޒަފަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެންޖެހޭ ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެ މުވައްޒަފުންނަށް ދައްކަން މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރާއްޖެ އިން ބޭރުގެ އެކި މަންޒިލްތަކަށް 2010 ވަނަ އަހަރުން ފެށިގެން ދަތުރު ކުރަމުން ދިޔަ މެގަ މޯލްޑިވްސް އުވާލަން ނިންމުމުގެ ކުރިން މިިދިޔަ އަހަރު އެ ކުންފުނިން ވަނީ އޮޕަރޭޝަންސްތައް މެދުކަނޑާލައިފަ އެވެ. އޭރު އެ ކުންފުނިން ބުނެފައި ވަނީ ބޮޑެތި ބަދަލުތަކަކާ އެކު، އެ އެއާލައިންގެ އުދުހުންތައް އަލުން ފަށާނެ ކަމަށެވެ. މެގަ މޯލްޑިވްސް އުވާލަން ނިންމި ކަން އިއުލާން ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.