Roadha Mihaaru
ރިޔާޒާއި ނަދީމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ރިޔާޒާއި ނަދީމަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ކެންސަލް

10 މެއި 2018

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރިޔާޒާއި ނަދީމްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ތުހުމަތެވެ. އެ ދެ ބޭފުޅުންނާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެކެވެ.

ނަދީމާއި ރިޔާޒްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ ވެރިކަން ވައްޓާލަން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަންގަވާ އެންގެވުންތަކަށް ނަދީމް އަމަލު ކުރެއްވި ކަމަށް ދައުވާގައިވެ އެވެ.

މީގެ އިތުރުން، ގާނޫނުއަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ދެ ބޭފުޅުން އަމަލު ކޮށްފައިވާ ކަމަށް ދައުވާގައި ވެ އެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލައި ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި، ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރި ކުރަން ރިޔާޒާއި ނަދީމް އުޅެފައިވާ ކަމަށް ދައުވާގައިވެ އެވެ.

ދެ ބޭފުޅުންގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލައިގައި ދެ ބޭފުޅުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ނަދީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުުގެ އިތުރު މެމްބަރުންތަކަކާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު، ރިޔާޒް ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިނުދިން މައްސަލާގައި ކުށްވެރިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައި ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ހުކުމްކޮށްފައިވެ އެވެ.