23 މެއި 2018
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ރޭ ހައްޔަރުކޮށްފި އެވެ.
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ރޭ ހައްޔަރުކޮށްފި އެވެ.
އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހާޝިމް ހައްޔަރުކުރީ ސައްހަ ނޫން ލިޔެކިޔުންތަކެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
ހާޝިމް ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދިިރިއުޅޭ ގެ ވެސް ފާސްކޮށްފަ އެވެ. ނަމަވެސް އެ ގެއިން ފުލުހުން އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ.
ހާޝިމް ހައްޔަރުކުރުމުގެ ކުރިން، ފުލުހުން ވަނީ މިދިޔަ މަހު ދިއްދޫ ކައުންސިލްގެ އިދާރާ ވެސް ފާސް ކޮށްފަ އެވެ. އަދި އެ މައްސަލާގައި އެ ކައުންސިލްގެ މެމްބަރަކު ފުލުހަށް ހާޒިރުކުރި އެވެ.
ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް މިދިޔަ ފެބްރުުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލި މައްސަލާގައި ލޯކަލް ގަވަމަންޓް އޮތޯރިޓީން މީގެ ކުރިން ހާޝިމް އެއް މަސް ދުވަހަށް ސަސްޕެންޑްކުރި އެވެ. އަދި ދިއްދޫގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ޚިލާފަށް، އަލުން ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަން ދޭހަވާ ފަދަ ގޮތަކަށް އާންމުންނަށް ސިޓީ ފޮނުވި ކަމަށް ބުނެ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ސަސްޕެންޑްކުރި އެވެ.
.
ދިއްދޫގައި މުދަލަށް ގެއްލުން ދިން މައްސަަލަ ބަލަނީ
ދިއްދޫގެ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުންނެއް ނުބަލާ
ދިއްދޫ ކައުންސިލްގެ ރައީސްގެ ބަންދަށް 5 ދުވަސް
"ދިއްދޫ ކައުންސިލަށް ފުލުހުން ވަނީ ސިޔާސީބޭނުމެއްގައި"
ދިއްދޫ ކައުންސިލް އިދާރާއަށް ފުލުހުން ވަދެ، ފާސްކޮށްފި
ދިއްދޫގެ 26 ހެކްޓަރު ބިން ހިއްކާނެ: އާޒިމް
ދިއްދޫ ނެރަށް ލޯންޗެއް އަރައި، ބަޔަކަށް ފަރުވާދެނީ
ޔާމީންގެ އެއާޕޯޓް ވައުދަށް ކައުންސިލްގެ ތާއީދެއް ނެތް!
ދިއްދޫ "އަމާން ވެށި" އަށް 15 ކުދިން ގެންގޮސްފި
އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް ބަލަނީ