Roadha Mihaaru
ޓްރަމްޕާ ވާހަކަ ދައްކަން ނޯތު ކޮރެއާ އަބަދުވެސް ތައްޔާރު

ޓްރަމްޕްއާ ކޮންމެ ވަގުތަކު ވެސް ވާހަކަ ދައްކަން ނޯތު ކޮރެއާ ތައްޔާރު

25 މެއި 2018

ޕިއޮންޔަން (މެއި 25) ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ބާއްވަން ޕްލޭން ކުރި ސަމިޓް ރައީސް ޑޮނަލްޑް ޓްރަމްޕް ކެންސަލް ކުރެއްވި ނަމަވެސް ޓްރަމްޕާ އެކު ކޮންމެ ވަގުތަކު ވެސް މަޝްވަރާ އަށް ތައްޔާރު ކަމަށް ޕިއޮންޔަން އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔަން (މެއި 25) ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ބާއްވަން ޕްލޭން ކުރި ސަމިޓް ރައީސް ޑޮނަލްޑް ޓްރަމްޕް ކެންސަލް ކުރެއްވި ނަމަވެސް ޓްރަމްޕާ އެކު ކޮންމެ ވަގުތަކު ވެސް މަޝްވަރާ އަށް ތައްޔާރު ކަމަށް ޕިއޮންޔަން އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ ވައިސް ފޮރިން މިނިސްޓަރު ކިމް ކައި-ގުވަން ވިދާޅުވީ ކިމްއާ އެކު ބާއްވާ ސަމިޓް ކެންސަލް ކުރުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ. ކިމްގެ ސަމިޓް ޓްރަމްޕް ކެންސަލް ކުރެއްވީ ނޯތު ކޮރެއާ އިން ފަހަކަށް އައިސް ދެކޮޅުވެރިކަމުގެ ބަޔާންތަކެއް ދެމުންދާ ކަމަށް ވިދާޅުވެ އެވެ. އަދި އެހެންވެ މިއީ ސަމިޓް ބާއްވަން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ސަމިޓް ކެންސްލް ކުރިކަން އެންގުމަށް ޓްރަމްޕް ފޮނުއްވި ސިޓީގައި ވަނީ ކޮންމެ ވެސް ދުވަހަކުން ކިމްއާ ބައްދަލު ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕާއި ކިމްގެ ސަމިޓް ބާއްވަން ޕްލޭންކޮށްފައި ވަނީ އަންނަ މަހު 12 ވަނަ ދުވަހު ސިންގަޕޫރުގަ އެވެ. ނަމަވެސް އެ ސަމިޓުގެ އެޖެންޑާއާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ސަމިޓް ކެންސަލް ކުރިކަން ޓްރަމްޕް އިއުލާން ކުރުމުގެ ވަގުތު ކޮޅެއް ކުރިން ނޯތު ކޮރެއާ އިން ވަނީ ނިއުކްލިއާ ޓެސްޓްކުރާ ސައިޓް ނައްތާލައިފި ކަމަށް ބުނެފަ އެވެ.