Roadha Mihaaru
ނޯތު ކޮރެއާ އަށް ވަޑައިގެން ޓްރަމްޕް ތާރީޚުގެ ތެރެއަށް

ނޯތު ކޮރެއާ އަށް ވަޑައިގެން ޓްރަމްޕް ތާރީޚުގެ ތެރެއަށް

30 ޖޫން 2019

ޕިއޮންޔޮން (ޖޫން 30) - ނޯތު ކޮރެއާގެ ބިމުގައި ފައިންޕުޅުޖެއްސެވުމަށް ފަހު، އެ ގައުމަށް ވަޑައިގެންނެވި، ވެރިކަމުގައި ހުންނެވި، އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ތާރީޚުން ޖާގަ ހޯއްދަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (ޖޫން 30) - ނޯތު ކޮރެއާގެ ބިމުގައި ފައިންޕުޅުޖެއްސެވުމަށް ފަހު، އެ ގައުމަށް ވަޑައިގެންނެވި، ވެރިކަމުގައި ހުންނެވި، އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ތާރީޚުން ޖާގަ ހޯއްދަވައިފި އެވެ.

ޓްރަމްޕް މިއަދު ވަނީ ދެ ގައުމު ގުޅޭ ޑިމިލިޓަރައިޒްޑް ޒޯން އަށް ވަޑައިގެން ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންއާ ބައްދަލު ކުރައްވައިފަ އެވެ. ދެ ގައުމުގެ ބޯޑަރުގައި ހުންނެވުމަށް ފަހު ޓްރަމްޕް ވަނީ ނޯތު ކޮރެއާގެ ސަރަހައްދަށް ހިންގަވާފައި ކުޑަ ތަންކޮޅަކަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން ބޯޑަރު ލައިނަށް ވަޑައިގެން ކިމްއާ އެކު ޓްރަމްޕް ވަނީ ސައުތު ކޮރެއާގެ ސަރަހައްދަށް ވެސް ވަޑައިގެންފަ އެވެ.

ދެ ކޮރެއާ ގުޅޭ މިލިޓަރީ ޑިމާކޭޝަން ލައިންގެ ދެކުނުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކިމް ޖޮން އުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ:އޭއެފްޕީ

ދެ ކޮރެއާ ގުޅޭ މިލިޓަރީ ޑިމާކޭޝަން ލައިންގެ ދެކުނުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކިމް ޖޮން އުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ:އޭއެފްޕީ

"މިއީ ދުނިޔެ އަށް ވެސް މުހިންމު ދުވަހެއް. އަދި މި ތަނުގައި ހުރުމަކީ އަޅުގަނޑަށް ވެސް ލިބުނު ޝަރަފެއް،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕާއި ކިމްގެ ފުރަތަމަ ސަމިޓް މިދިޔަ އަހަރު ބޭއްވީ ސިންގަޕޫރުގަ އެވެ. އޭގެ ފަހުން ދެ ވަނަ ސަމިޓް ފެބްރުއަރީ މަހު ބޭއްވީ ވިއެޓްނާމުގަ އެވެ.

ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ހޮނިހިރު ދުވަހު ދެއްވި ދައުވަތަށް ފަހު އިންތިޒާމްކުރި ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ މި ތަނުގައި މި ބައްދަލުވުން ބޭއްވިދާނެކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އަދި ކިމްއާ އަލުން ބައްދަލުވުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ދެ ކޮރެއާ ގުޅޭ މިލިޓަރީ ޑިމާކޭޝަން ލައިންއާ ދިމާލަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ދެ ކޮރެއާ ގުޅޭ މިލިޓަރީ ޑިމާކޭޝަން ލައިންއާ ދިމާލަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕާ އެކު ސައުތު ކޮރެއާގެ ފަޅިއަށް ވަޑައިގެން ކިމް ވިދާޅުވީ މިއީ މާޒީގައި ހިނގާދިޔަ ކަންކަން ހަނދާން ނައްތާލައި އާ ކުރިމަގެއް ފަށަންވީ ވަގުތު ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖިމީ ކާޓާ އާއި ބިލް ކްލިންޓަން ވަނީ ނޯތު ކޮރެއާގެ ވެރިރަށް ޕިއޮންޔަން އަށް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ އެ ބޭފުޅުންގެ ވެރިކަމުގެ ދައުރަށް ފަހު އެވެ.