Roadha Mihaaru
ސޯޝަލްމީޑިއާއާ ހެދި ކުރިމަތިވާ ނުރައްކާ ބޮޑު:މިނިސްޓަރު

ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ މައްސަލަތައް ސޯޝަލް މީޑިއާގައި ފެތުރޭ: އާދަމް ޝަރީފް

27 މެއި 2018

ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ މައްސަލަތައް ސޯޝަލް މީޑިއާގައި އުފެދި އެ ވާހަކަ ދެކެވެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ މައްސަލަތައް ސޯޝަލް މީޑިއާގައި އުފެދި އެ ވާހަކަ ދެކެވެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ކްލިކް ކޮލެޖުން މިދިޔަ އަހަރު ދަސްވެނިވުނު ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި އިޖުތިމާއީ ގިނަ މައްސަލަތައް މި ހިސާބަށް ފޯރުވައި އަދި ފެތުރުމުގައި އެންމެ އިސްދައުރެއް އަދާކުރަނީ ސޯޝަލް މީޑިއާ ކަމަށެވެ.

ކްލިކް ކޮލެޖުން މިރޭ ދަސްވެނިވި ދަރިވަަރަކަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު (ކ) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްލިކް ކޮލެޖުން މިރޭ ދަސްވެނިވި ދަރިވަަރަކަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު (ކ) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ޒަރިއްޔާއިން ލިބެމުންދާ މެސެޖުތަކުން ޒުވާނުންނާއި ކުޑަކުދިން އަދި އެހެން އުމުރުގެ މީހުންގެ މެދުގައި ވެސް އެކި ފިކުރުތައް އަށަގަނެ މައްސަލަތައް މަސްހުނި ވެގެން ދާ ތަން ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ލާދީނީ އަދި ހައްދު ފަހަނައެޅުމުގެ ފިކުރު ފެތުރެން ފެށީ މީގެ މާ ކުރިންނެވެ. އެކަމަށް ވެސް ބޭނުންކުރަމުން ދަނީ ސޯޝަލް މީޑިއާކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ކަންބޮޑުވާ ދަރަޖަ އަކަށް އެ ވާހަކަތައް، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދައްކަމުންދާ ކަމަށެވެ.

ކްލިކް ކޮލެޖުން މިރޭ ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ބޭފުޅުން.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްލިކް ކޮލެޖުން މިރޭ ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ބޭފުޅުން.--ފޮޓޯ: ނިޝާން އަލީ/ މިހާރު

"މީގެ ސަބަބުން ރާއްޖޭގައި އެ މައްސަލަ އޮތް މިންވަރަށް ވުރެ ބޮޑަށް ދިވެހިންނަށާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވިސްނޭ މިންވަރަށް ސޯޝަލް މީޑިއާގައި އަދި އެނޫން ވެސް ގޮތްގޮތުން މި ވާހަކަތައް ފެތުރުމުން، ހާއްސަ ގޮތެއްގައި ސިޔާސީ ކުލަ ޖެހިގެން މި ވާހަކަތައް ދައްކަން ފެށުމުން، އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް އެ ވާހަކަތައް ފެތުރިގެން އެބަދޭ،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ދީނީ ހައްދު ފަހަނައެޅުމުގެ މައްސަލަތައް އެބައޮތް ކަން. އެހެން ނަމަވެސް ރާއްޖެ އަކީ ޖާރިޔާ އިން ވިއްކާ ގައުމެއް ނޫން. އެހެން ނަމަވެސް އެ ވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް ފެތުރިގެންދާއިރު، އެއީ އޭގެ ޒާތުގައި ގައުމީ ސަލާމަތަށް ކިހާ ވަރެއްގެ ނުރައްކަލެއް ވެދާނެ ކަމެއް ކަމަށް އެހާ ވަރަކަށް ނުވިސްނޭ."

ކްލިކް ކޮލެޖުން މިރޭ ދަސްވެނިވި ދަރިވަަރަކަށް (ވ) ލިޔުން ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްލިކް ކޮލެޖުން މިރޭ ދަސްވެނިވި ދަރިވަަރަކަށް (ވ) ލިޔުން ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ އެކި މީހުން ދައްކާ ވާހަކަތަކުގެ މައްޗަށް މި ގައުމުގައި މިހާރު ބަސް ބުނަން ޖެހިފައިވާ ކަމަށާއި އެކަން ކުރަން އެންމެ އެކަށީގެންވަނީ ކިޔަވައިގެން ނުކުންނަ ޒުވާނުން ކަމަށެވެ.

މިރޭގެ ހަފުލާގައި ވަނީ ކްލިކް ކޮލެޖުން ގްރެޖުއޭޓްވި 137 ދަރިވަރަކަށް ސެޓްފިކެޓް ދީފަ އެވެ.