Roadha Mihaaru
ކްލިކް ކޮލެޖުން 126 ދަރިވަރުން ގްރެޖުއޭޓްވެއްޖެ

ކްލިކް ކޮލެޖުން 126 ދަރިވަރުން ގްރެޖުއޭޓްވެއްޖެ

26 އެޕްރީލް 2017

ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗްލާސް ފެންވަރުގެ ކޯސްތަކުން 126 ދަރިވަރުން ކްލިކް ކޮލެޖުން ރޭ ގްރެޖުއޭޓްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗްލާސް ފެންވަރުގެ ކޯސްތަކުން 126 ދަރިވަރުން ކްލިކް ކޮލެޖުން ރޭ ގްރެޖުއޭޓްވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ހަފުލާގައި ހަތް ޕްރޮގްރާމަކުން އަދި ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މާކްސް ހޯދި ދަރިވަރުންނަށް ޝަރަފުވެރިކަމުގެ މެޑެއްޔާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެ އެވެ.

އެސޯސިއޭޝަން ފޯ ބިޒްނަސް އެގްޒެކެޓިވް (އޭބީއީ ޔޫކޭ) އެކި ލެވެލްތަކުން މިދިޔަ އަހަރު، ހަތަރު ދަރިވަރަކު ވަނީ ޖުމްލަ ފަސް ޓޮޕް ޕޭޕާ ޕްރައިޒް ހޯދައިފަ އެެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްލިކް ކޮލެޖުގެ ޕްރެޒިޑެންޓް ނައުޝާދު މުހައްމަދު ވަނީ އެ ކޮލެޖުގައި ވަަރަށް އަވަަށް މާސްޓާސް ޕްރޮގްރާމްތައް ފަށާނެކަން އިއުލާން ކުރައްވައިފަ އެވެ.

ރޭ ބޭއްވި ކްލިކް ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާަގައި އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ކްލިކް ކޮލެޖު

ރޭ ބޭއްވި ކްލިކް ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާަގައި އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ކްލިކް ކޮލެޖު

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފުދުންތެރި ގައުމަކަށް ވުމަށްޓަކައި ޒަމާންވީ މަސައްކަތްތެރިކަމުގެ ދާއިރާތަކުގެ އިތުރުން ސިއްހީ ސިނާއަތް ފަދަ އާ ދާއިރާތަކުން ރާއްޖެ ކުރިއަރައި، މަންފާ ހޯދޭނެ މަގުތައް ކޮށަން ޖެހޭނެ ކަމަށެވެ.

މި މަސައްކަތުގައި މަތީ ތައުލީމީ މުއައްސަސާތަކާއި ކޮލެޖުތަކުން އަދާކުރާ ދައުރުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވެސް ފަންނީ ބައެއް ސިނާއަތުތަކަށާއި ދާއިރާތަކަށް އެންމެ އެކަށޭނަ މިންވަރަށް ތައުލީމީ ޒުވާނުން އުފެއްދޭ މިންވަރު މަދުކަން ފާހަގަކުރައްވައި މިކަމުގައި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަަކުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްލިކް ކޮލެޖުގެ ޕްރެޒިޑެންޓް ނައުޝާދު މުހައްމަދު ވަނީ އެ ކޮލެޖުގައި ވަަރަށް އަވަަހަށް މާސްޓާސް ޕްރޮގްރާމްތައް ފަށާނެކަން އިއުލާން ކުރައްވައިފަ އެވެ.