27 މެއި 2018
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ހަތް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން މިދިޔަ އަހަރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ހަތް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން މިދިޔަ އަހަރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ފޯސްޓާ ކެއާގެ ދަށުން ހަތް ކުއްޖަކު ހަވާލުކުރީ އާއިލާއެއްގެ ތެރޭގައި އުޅުމުގެ ފުރުސަތު ކުދިންނަށް ދިނުމަށް، އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ ކަމަށެވެ.
ގާނޫނީ ބެލެނިވެރިކަން ހަވާލު ކުރި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން އެއް މަހާއި ތިން އަހަރާ ދެމެދުގެ ކުދިންނެވެ. އޭގެ ތެރޭގައި އަހަރު ނުފުރޭ ފަސް ކުދިން ހިމެނެ އެވެ.
އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ރިޕޯޓެއްގައި ބުނި ގޮތުގައި މިއީ 2016 ވަނަ އަހަރު ފޮސްޓާ ޕެނަލް އުފެއްދި ފަހުން، ގާނޫނީ ބެލެނިވެރިކަން ބަޔަކަށް ދިން ފުރަތަމަ ފަހަރެވެ.
ބަލާނެ ބަޔަކު ނެތުމުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިން ގެންގުޅެ ބޮޑުކުރުމަށް ހަތް ފަރާތަކުން މިދިޔަ އަހަރު ކުރިމަތިލާފައިވެ އެވެ. އެކަމަކު އެ ފުރުސަތު ދީފައި މިވަނީ އޭގެތެރެއިން ފަސް މީހެއްގެ އިތުރުން 2016 ވަނަ އަހަރު އެކަމަށް ކުރިމަތިލި ދެ މީހަކަށެވެ.
ޖެންޑާ އިން ބުނި ގޮތުގައި ކުދިން ގެންގުޅެ ބޮޑުކުރުމަށް ކުރިމަތިލުމުން، ފޮސްޓާ ޕެނަލްް އިން އެ ބެލެނިވެރިންނާ އިންޓަވިއުކުރެ އެވެ. އަދި ކުދިން ހަވާލު ކުރަނީ އިންޓަވިއުއަށް ފަހު، ބެލެނިވެރިޔާގެ ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އެވެ. އަދި ކުދިން ހަވާލުކުރާތާ ދުވަސްކޮޅެއް ފަހުން، ބެލެނިވެރިޔާގެ މައްޗަށް ކޯޓު މެދުވެރިކޮށް ގާނޫނީގޮތުން ބެލެނިވެރިކަން ބަދަލުކުރާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ގާނޫނީ ގޮތުން ބެލެނިވެރިކަން ބަދަލު ކުރުމުގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 20 ކުއްޖަކު ޖެންޑާއިން މިދިޔަ އަހަރު އެ ކުދިންގެ އާއިލާތަކާ ވެސް ހަވާލުުކުރި އެވެ. އެތަނުން ބުނިގޮތުގައި ކުދިން އަނބުރާ އާއިލާތަކާ ހަވާލުކުރީ، އާއިލާއިން އެކަމަށް ބޭނުންވެ ހުށަހެޅުމުންނެވެ. އަދި ކުދިން ހަވާލު ކުރުމުގެ ކުރިން، ކުއްޖާ ބެލުމުގެ ގާބިލްކަން އާއިލާގައި ހުރިތޯ ފޮސްޓާ ޕެނަލުން ޔަގީންކުރާ ކަމަށް ޖެންޑާއިން ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ވެސް ގިނަ އަދަދެއްގެ ކުދިން ތިިބި އިރު އެ ކުދިން ބަލަހައްޓަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިންނާއި ހުޅުމާލޭގައި ހުންނަ ފިޔަވަތިންނެވެ. އެ ދެ ތަނުގައި 80 އަށް ވުރެ ގިނަ ކުދިން އެބަ ތިއްބެވެ.
ޖެންޑާގައި ތިބި ކުދިން ފޯސްޓާ ކުރަން ހުޅުވާލައިފި
ހިޔާގެ ކުއްޖަކަށް އައިޝާ ބަންޑުންކޮށްލި ލޯބި!
ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބެގެންނުވާނެ
ޒެނީޝާ އާއި ބަޝީރަށް ދައުވާކުރެވޭނެ ހެއްކެއް ނެތް
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
ހިޔާއިން ޕޮޒިޓިވްވި ކުއްޖާގެ ދެވަނަ ޓެސްޓް ނެގެޓިވް
ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ކުދިންތަކެއް ރައްކާތެރި ތަނަކަށް ގެންދަން ހުރަސްއަޅައިފި
ދައުލަތުން ބެލެހެއްޓި 34 ކުދިން އާއިލީ މާހައުލަށް
ފިޔަވަތިން ފިލި ހަތް ކުއްޖަކު ހޯދައިފި