އީ ވޯޓިން ރާއްޖެއާ ނުގުޅޭ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު އެ ކަމަށް ފާޑުކިޔައިފި އެވެ.
26 ޖުލައި 2016
އީ ވޯޓިން ރާއްޖެއާ ނުގުޅޭ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު އެ ކަމަށް ފާޑުކިޔައިފި އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީ ވޯޓިން ތައާރަފްކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށާފައިވީ ނަމަވެސް އީ ވޯޓިންއާ އެކު އިންތިހާބު ބާއްވަން އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅެވެ. އެމްޑީޕީ އާއި އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ބުނެފައި ވަނީ އީ ވޯޓިން އަށް އިތުބާރެއް ނެތް ކަމަށެވެ.
އީޔޫއިން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ރާއްޖެ ކަހަލަ އެންމެ 350،000 އެއްހާ މީހުންގެ ގައުމެއްގައި އީ ވޯޓިން ބޭނުން ކުރަން ފަށަން އެހާ ވަރަކުން އުޅުމަކީ ރާއްޖެއާ ނުގުޅެ އެވެ. އޭގެ ކުރިން، އެ ނިޒާމާ މެދު އިތުބާރު އުފައްދަންޖެހޭ ކަމަށް އީޔޫން ބުންޏެވެ.
"މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ވަރުގަދަ ވާނެ ކަމުގެ އިތުބާރު ހޯދަންޖެހޭ،" އީޔޫގެ ޓުވީޓުގައިވެ އެވެ.
Insistence on introducing e-voting is odd in country of 350K. EC must increase confidence that this will strengthen #democracy in #Maldives
— EU to the Maldives (@EU_Maldives) July 26, 2016
އީޔޫގެ ޓުވީޓު.
އިލެކްޝަނުން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރި އަށް ގެންދިއުމަށެވެ. އެކަމަކު އެއީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ކަނޑައެއް ނާޅަ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ބުނެފައިވާ ގޮތުގައި ރާއްޖެ އަށް އީ ވޯޓިން ނިޒާމެއް ބޭނުމެއް ނުވެ އެވެ. އަދި އެކަން ތައާރަފް ކުރަނީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށާއި މި ނިޒާމުގެ ސަބަބުން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އެ ޕާޓީން ކުރިން ބުނެފައި ވެ އެވެ.
އެކަމަކު، އެ ހުރިހާ ތުހުމަތުކެއް އިލެކްޝަނުން ދޮގު ކުރެ އެވެ.
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުގެ ޝަރީއަތް ފަށައިފި
އެންމެ ގިނައިން ނަން ނެގީ އެމްޑީޕީގެ މެމްބަރުން
ބާތިލް ވޯޓު މަދުކުރާ އިސްލާހު ތަސްދީގު ކުރައްވައިފި
ކައުންސިލް އިންތިޚާބަށް 2،400 މީހުން ކުރިމަތިލައިފި
ވޯޓުފޮށި މިހާތަނަށް ބެހެއްޓޭވަރުވީ އެންމެ ރިސޯޓެއްގައި
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
ވޯޓު އޮބްޒާވްކުރަން ލެޕްޓޮޕް ވެއްދޭނެ: އިލެކްޝަންސް
މިމަހު 15 ގެ ކުރިން ރަށްވެހިކަން ބަދަލުކުރަން އެދެފި