ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން އަލުން ހުޅުވާލަން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ.
18 ޖެނުއަރީ 2021
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން އަލުން ހުޅުވާލަން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން ފަސް ކުރުމަށް ފަހު ހެދި ޚާއްސަ ގާނޫނުގެ ތިން ވަނަ މާއްދާ ބުނާގޮތުން އިންތިޚާބު އެއް އަހަރަށް ފަސް ކުރިޔަސް، ކުރިން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނޫން ބަޔަކަށް އެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ގާނޫނު އެ މާއްދާ ބާތިލްކުރަން ހުށަހެޅީ ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވާ ތ. ކަނޑޫދޫ، މެނީލާ، މުހައްމަދު ތަސްލީމެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ތަސްލީމް ބުނީ އެންމެ ދިގު މުއްދަތަކަށް ފަސްކުރި އިންތިޚާބުގައި ކުރިމަތިލާން އަލުން ހުޅުވާ ނުލުމަކީ އެތައް ބައެއްގެ އިންތިޚާބީ ހައްގު ގެއްލޭނެ ކަމެއް ކަމަށެވެ. ގާނޫނުއަސާސީ ބުނާގޮތުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް އިންތިޚާބުތަކުގައި ވާދަކޮށް، ސިޔާސީ ހަރަކާތްތަކުގައި ބައިިވެރިވުމުގެ ހައްގު ލިބިގެންވާއިރު، އިންތިޚާބު ފަސްކުރި ފަހުން އެތައް ހާސް ބަޔަކަށް 18 އަހަރު ފުރިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އަލުން ކުރިމަތިލާން ހުޅުވާނުލުމަކީ އެ މީހުންނަށް އިިންތިޚާބުގައި ވާދަ ކުރުމުގެ ހައްގު ގެއްލޭނެ ކަމެއް ކަމަށް ތަސްލީމް ބުންޏެވެ.
އޭނާ އެދުނީ ކައުންސިލް އިންތިޚާބަށް ކުރިން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނޫން މީހުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް އޮތް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. ގެ ބާތިލްކޮށް ދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައްސަލަ ހުށަހެޅުމުގެ ބައި އެކަންޏެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުުން ބާއްވާނެ ކަމަށް ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
ދައުލަތަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ ދުސްތޫރީ އެ މައްސަލާގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވަދެފަ އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އިންތިޚާބުގައި އަލުން ވާދަކުރަން ހުޅުވާ ނުލިޔަސް، ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮތުމުން ގިނަ ބަޔަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ، ބައެއް ދާއިރާތަކުގައި އިންތިޚާބަކާ ނުލައި ގޮނޑިތައް ވަނީ ކާމިޔާބުވެފަ އެވެ.
ކޮވިޑް-19 އާ ގުުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން ކައުންސިލް އިންތިޚާބު ނުބޭއްވޭތީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ގެންދަނީ ކުރަމުންނެވެ.
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު
އިންތިޚާބާގުޅޭ ހަ މައްސަލައެއް ހައި ކޯޓުން ބަލައިގެންފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ ބޭރުކޮށްލައިފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ:ހުކުމް މާދަމާ
ކުރިމަތިލާން އަލުން ހުޅުވާލާނަމަ އިންތިޚާބު ފަސްވާނެ
އިންތިޚާބު ފަސް،ކުރާ މައްސަލަ ސުޕްރީމް ކޯޓަށް
ކައުންސިލް އިންތިޚާބަށް 2،400 މީހުން ކުރިމަތިލައިފި
ވޯޓުފޮށި މިހާތަނަށް ބެހެއްޓޭވަރުވީ އެންމެ ރިސޯޓެއްގައި
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް