Roadha Mihaaru
ޕާޓީގެ ޓިކެޓާ އެކު ހިލަރީ ތާރީޚުގެ ތެރެއަށް

ޕާޓީގެ ޓިކެޓާ އެކު ހިލަރީ ތާރީޚުގެ ތެރެއަށް

27 ޖުލައި 2016

ފިލެޑެލްފިއާ (ޖުލައި 27) - ވައިޓްހައުސް ރޭހަށް ނުކުމެވަޑައިގަތުމަށް އެމެރިކާގެ ބޮޑު ޕާޓީއެއްގެ ރިޔާސީ ޓިކެޓް ފުރަތަމަ ހޯއްދެވި އަންހެނާގެ ޝަރަފާ އެކު ހިލަރީ ކްލިންޓަން ތާރީޚުން ޖާގަ ހޯއްދަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފިލެޑެލްފިއާ (ޖުލައި 27) - ވައިޓްހައުސް ރޭހަށް ނުކުމެވަޑައިގަތުމަށް އެމެރިކާގެ ބޮޑު ޕާޓީއެއްގެ ރިޔާސީ ޓިކެޓް ފުރަތަމަ ހޯއްދެވި އަންހެނާގެ ޝަރަފާ އެކު ހިލަރީ ކްލިންޓަން ތާރީޚުން ޖާގަ ހޯއްދަވައިފި އެވެ.

އުމުރުފުޅުން 68 އަހަރުގެ ކުރީގެ ސެނޭޓާ އަދި ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ވަނީ އެމެރިކާގެ ފުރަތަމަ އަންހެން ރައީސް އަދި ފުރަތަމަ އަންހެން ކޮމާންޑަ-އިން ޗީފްގެ މަގާމަށް ވަޑައިގަތުމުގެ ޝަރަފް، ބާނީ ސެންޑާސް ބަލިކުރައްވާ ޕާޓީގެ ނޮމިނޭޝަން ލިބުނު ހިސާބުން ހޯއްދަވައިފަ އެވެ. ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ރަސްމީކޮށް އެކަމަނާ ހަމަޖެހިގެން ދިޔައީ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ ޖަލްސާގައި 2،382 ޑިލިގޭޓުންނަށް ވުރެ އިތުރަށް ތާއީދު ލިބުމާ ގުޅިގެންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގައި ކުރީގެ ރައީސް ބިލް ކްލިންޓަން ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގައި ކުރީގެ ރައީސް ބިލް ކްލިންޓަން ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނޮވެމްބަރު މަހުގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ނުކުންނަވާ ކެންޑިޑޭޓުގެ ގޮތުގައި ހިލަރީ ރަސްމީކޮށް ހަމަޖެހުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފިރިކަލުން އަދި ކުރީގެ ރައީސް ބިލް ކްލިންޓަން ވަނީ ސްޓޭޖަށް ވަޑައިގެން ހިލަރީ އަކީ އެމެރިކާ ބޭނުންވާ ބަދަލު ގެނެވޭނެ ފަރާތް ކަމަށް ވިދާޅުވެފަ އެވެ.

ކްލިންޓަންގެ 45 މިނިޓުގެ ތަގްރީރުގައި ވަނީ އެންމެ ފުރަތަމަ ހިލަރީއާ ބައްދަލުވެ ވަޑައިގަތް ގޮތާއި ގައުމީ ޚިދުމަތަށް ނުކުމެވަޑައިގެންނެވި ގޮތް ވިދާޅުވެ ދެއްވައިފަ އެވެ. ޔޭލް ލޯ ސްކޫލުގައި ކިޔަވާ ވިދާޅުވާން އުޅުއްވި އިރު ހިލަރީއާ 1971 ވަނަ ބައްދަލުވެ ކައިވެނި ކުރެއްވި އިރު އެއީ އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިއާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ހޭދަކުރައްވާފައި ވަނީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގައި ކުރީގެ ރައީސް ކްލިންޓަން ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގައި ކުރީގެ ރައީސް ކްލިންޓަން ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

"މުޅިން އާ ދުނިޔެއަކަށް އަޅުގަނޑުގެ ލޯ ހުޅުވާލަ ދިނީ ހިލަރީ،" ކްލިންޓަން ވިދާޅުވި އެވެ.

ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ހަމަޖެހުމާ އެކު ހިލަރީ ވަނީ "އެމެރިކާގެ ފުރަތަމަ އަންހެން ރައީސް އަށް އެކަމަނާ ވެދާނެ ކަމަށާއި ދެން އެ މަގާމު ލިބޭނީ ތީގެ ތެރޭން ކޮންމެވެސް އެހެން ބޭފުޅަކަށް ކަމަށް" ވީޑިއޯ މެދުވެރިކޮށް ވިދާޅުވެފަ އެވެ.

ކޮންވެންޝަނުގައި އެންމެ ފަހު ބޭފުޅެއްގެ ގޮތުން ވާހަކަ ދެއްކެވީ ސެންޑާސް އެވެ. އެމަނިކުފާނު ވަނީ ޕާޓީ އަށް އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެން އެކަތިގަނޑަކަށްވުމަށް އަނެއްކާ ވެސް އިލްތިމާސް ކުރައްވައިފަ އެވެ.