20 ޖޫން 2018
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިސްތިއުނާފް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އަލުން ބަލައިދޭން އެދި ހުށަހަޅާނެ ކަމަށާއި އެ ބޭފުޅުން އަދިވެސް މަގާމުން ވަކިނުވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިސްތިއުނާފް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އަލުން ބަލައިދޭން އެދި ހުށަހަޅާނެ ކަމަށާއި އެ ބޭފުޅުން އަދިވެސް މަގާމުން ވަކިނުވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ބޭފުޅުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަތުމަށް ނިންމައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ ފަނޑިޔާރުކަން ގެއްލޭތީ، ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެ ބޭފުޅުން މަގާމުން ވަނީ ވަކިވެފަ އެވެ. މިއީ ކުށެއް ސާބިތުވެގެން ފަނޑިޔާރަކު އޮޓަމެޓިކުން މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.
އެކަމަކު އެ ދެ ބޭފުޅުންގެ ވަކީލުން ނެރުއްވި ބަޔާނެއްގައިވަނީ އެ ބޭފުޅުން އަދިވެސް މަގާމުން ވަކިނުވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ ކޯޓުގެ ރަޖިސްޓްރާ ކަމަށާއި އަދި ރަޖިސްޓްރާ ނިންމުން އަލުން ބަލައި ދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ ނިންމުން އަލުން ބަލައިދިނުމަށް އެދި އެ ދެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި މައްސަލަ ނުބެލޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުން އަންގާފައިވާ އެންގެވުން މުރާޖާ ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ފަރާތުން ވަނީ ނިންމަވާފަ އެވެ،" ވަކީލުން ބަޔާނުގައިވެ އެވެ.
ވަކީލުން އެގޮތަށް ވިދާޅުވިޔަސް، ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުން އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. އަދި ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ވެސް އެ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައިގަތުމުގެ ހުއްދަ ދޭނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ވަކީލުން ބަޔާނުގައިވާ ގޮތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ވަކީލުންގެ އެހީތެރިކަން ނުލިބުމުގެ އިތުރުން ގާނޫނާ ޚިލާފަށް އަޑުއެހުންތައް ހިންގާފައިވާ މައްސަލަތައް ފާހަގަކޮށް ކަމަށެވެ. އެކަމަކު މައްސަލަ ބަލައިނުގަތުމަށް ނިންމީ އެކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އިތުރު ޖަލު ހުކުމެއް ވެސް ވަނީ އައިސްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާތައް އަދި ނުފެށެ އެވެ. އަދި އެ ދެ ބޭފުޅުންނަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އިސްތިއުނާފް ބަލައިނުގަތް މައްސަލަ ރިވިއުކުރަން އެދެފި
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
ޖެމްސް ހުއްޓުވި މައްސަލާގެ އިސްތިއުނާފް މާދަމާ ނިންމަނީ
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
ދެ ފަނޑިޔާރުންގެ ޝަރީއަތް އާދީއްތަ ދުވަހު ބާއްވަނީ
ދެ ފަނޑިޔާރުންގެ ޝަރީއަތް ކޯޓުން ސިއްރުކޮށްފި