Roadha Mihaaru
ރައީސް ޔާމީންގެ ފަރާތްޕުޅުން މާލޭގެ ގެ ތަކަށް

ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން މާލޭގައި ދޮރުންދޮރަށް ދަނީ

22 ޖޫން 2018

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ޚާއްސަ "ޑޯ ޓު ޑޭ" ކެމްޕެއިނެއް މިއަދު ހަވީރު ފަށާ ގޮތަށް އެމަނިކުފާނުގެ ކެމްޕެއިން އޮފީހުން ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ޚާއްސަ "ޑޯ ޓު ޑޭ" ކެމްޕެއިނެއް މިއަދު ހަވީރު ފަށާ ގޮތަށް އެމަނިކުފާނުގެ ކެމްޕެއިން އޮފީހުން ނިންމައިފި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކަށް 2،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ހިމެނޭ ޓީމެއް މިއަދު ހަވީރު 4:00 އިން ފެށިގެން މާދަމާގެ ނިޔަލަށް ޒިޔާރަތް ކުރަމުންދާނެ ކަމަށް ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޑޯ ޓު ޑޯ މި އަމާޒު ކުރަނީ މާލޭގައި ދިރިއުޅޭ ރަށްވެހިންނާއި އަތޮޅުތަކުން އައިސް މާލޭގައި އުޅޭ މީހުންނަށް. މިއީ މިހާތަނަށް މާލޭގައި ބާއްވާ އެންމެ ބޮޑު ޑޯ ޓު ޑޯ އަށް ވާނެ އިރާދަކުރެއްވިއްޔާ. މާލޭގެ ހުރިހާ ގެ އަކަށް ވެސް ދެވޭތޯ އަޅުގަނޑުމެން ބަލާނަން،" ޔާމީން ވިދާޅުވި އެވެ.

"ގޯއްޗަށް" ގެ ނަމުގައި ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން މި ހަފުތާ ބަންދުގައި މާލޭގައި "ދޮރުން ދޮރަށް" ޕްރޮގްރާމް ފަށާއިރު، އެ ހަރަކާތުގައި ބައިވެރިވާ ވޮލަންޓިއަރުންނާ ރައީސް ޔާމީން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރައްވައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް އޮތް ހަފުތާގައި ކުރިއަށް ވުރެ ވަރުގަދަކޮށް ފަށާނެ ކަމަށް ވެ އެވެ.