ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމަށް އައުމަށް ތައްޔާރުވެފައި ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެވަނަ ފަހަރަށް ހޮވި ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
23 ޖޫން 2018
ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމަށް އައުމަށް ތައްޔާރުވެފައި ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެވަނަ ފަހަރަށް ހޮވި ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ އިދިކޮޅު ކޯލިޝަނުން އެއް ކެނޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު، އެ ޕާޓީން ވަނީ އަންނަ މަހުގެ 10 ގެ ކުރިން އެ ކެންޑިޑޭޓަކު ކޯލިޝަނުން ދެއްކުމަށް އަންގައިފަ އެވެ. އެހެން ނޫން ނަމަ ޖޭޕީން ވަކި ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ފެށި ޖޭޕީގެ ތިން ވަނަ ކޮންގްރެސް ނިންމުމުގެ ހަފުލާގައި މިއަދު ވާހަކަ ދައްކަވަމުން، ޑރ. ހުސައިން ވިދާޅުވީ، ޖޭޕީ އަކީ އެހެން ޕާޓީއެއްގެ ފަހަތުން އިންތިޚާބުތަކުގައި ވާދަކުރަން އުފެއްދި ޕާޓީއެއް ނޫން ކަމަށެވެ.
Anna mahuge 10 ge kurin coalition candidate aku nudhekkijje nama JP in meehaku nerenee
The most trusted news source in the Maldives
Mihaaru
ކެނޑިޑޭޓަކު ނުދެއްކިއްޖެނަމަ ޖޭޕީން ނުކުންނާނެ ކަމަށް ބުނުން--
"ހިސާބު ޖަހާއިރު ޖުމުހޫރީ ޕާޓީއަކީ ދެވަނަ ޕާޓީއެއް ނޫން، އެކަނި [ރިޔާސީ އިންތިހާބަށް]ކުރިމަތި ލިޔަސް، ބަޔަކާއެކު ކުރިމަތި ލިޔަސް، ކޮންމެ ގޮތަކަށް ވާދަކުރިޔަސް ރައީސް ޔާމީން ބަލިކުރާނަން،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
ވޭތުވެދިޔަ ރިޔާސީ ދެ އިންތިހާބުވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލިޝަނުންނެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްވެސް ދެވަނަ ބުރުގައި ޖޭޕީން ކޯލިޝަންހެދި އެވެ. ނަަމަވެސް އެދެ ސަރުކާރުގައިވެސް މާކަގިނަ ދުވަހަކު އެޕާޓީއަކަށް މަސައްކަތެއް ނުކުރެވުނެވެ.
ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދަނީ: މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ގާސިމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ).---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ އެޕާޓީގެ ކައުންސިލްގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށް އެޕާޓީން އިއްޔެ ވަނީ ނިންމާފަ އެވެ. ކުރިން އޮތްގޮތުން އެޕާޓީގެ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ގާސިމް އިބްރާހިމް އުޅުއްވަނީ ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯދަވައިގެންނެވެ.
ޑރ. ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހުށަހަޅާ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާއިރު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަވައިގެން ރައީސް މުހައްމަދު ނަޝީދު އަންނަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ ގާނޫނުން އެފުރުސަތެއް ނުލިބެ އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ޖޭޕީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ޑރ. ހުސެއިން އަށް
ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެނަމަ ޖޭޕީން ނުކުންނަނީ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ޖޫން 28، 29 ގައި
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ
ޗާގޯސް އެއްވުމަށް ނުދާން ގާސިމް އެދިވަައިގެންފި
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
ފައިސަލް ޖުމްހޫރީ ޕާޓީއާ ދުރުގައި! ކީއްވެ؟
ގާސިމްގެ ފިނި ރައްދު: ރައީސް ގޯހޭ ބުނެވިއްޖެތޯ؟
ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް