Roadha Mihaaru
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ

އެއް ކެންޑިޑޭޓަކު ނެރެން ޖޭޕީ، ޑިމޮކްރެޓްސް އަދި އެމްއެންޕީން އެއްބަސްވެއްޖެ

19 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން މިއަދު އެއްބަސްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން މިއަދު އެއްބަސްވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކުރުމަށް މެންދުރުފަހު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް ވިދާޅުވީ، އެ ތިން ޕާޓީން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައިވާ ކަމަށެވެ. ދެން އޮތީ އެ މަޝްވަރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ އިތުރުން އެމްއާރުއެމްއާ ކުރުން ކަމަށް ވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިން ޕްރިންސިޕަލް އެއްބަސްވެވިއްޖެ މިއަދު، މި ތިން ޕާޓީން ވެސް ވާހަކަދައްކައިގެން އަދި ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު ވެސް ވާހަކަދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން. އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަށް ވަންޏާ އެގޮތަށް ދިއުމަށް އަޅުގަނޑުމެން ތިން ޕާޓީގެ އިސްބޭފުޅުންނަށް އެއްބަސްވެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކީ ގާސިމްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެއްބަސްވާ އެއް ބޭފުޅަކީ އޭނާއަށް ނުވެއްޖެ ނަމަ ފަހަތަށް ޖެހިވަޑައިގަންނަވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

އަޅުގަނޑު ނޫން ކަމަށް ވަންޏާ، އަޅުގަނޑު ވެސް ފަހަތަށް ޖެހިގެންތާ ދެން ހުރި މީހަކު ނެރެވޭނީ: ގާސިމް

"އަޅުގަނޑު ނޫން ކަމަށް ވަންޏާ، އަޅުގަނޑު ވެސް ފަހަތަށް ޖެހިގެންތާ ދެން ހުރި މީހަކު ނެރެވޭނީ،" ގާސިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި، ގައުމުގެ ހާލަތު މިވަގުތު އޮތް ގޮތުން އެއް ކެންޑިޑޭޓަކު ނެރެގެން އިންތިހާބުގައި ވާދަކުރުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެހެންވެ އަޅުނޑުމެން ތިން ޕާޓީން މިއަދު މިއޮތީ އެކަމަށް އެއްބަސްވެފައި،" އޭނާ ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވި ކަމަށް ގާސިމާއި ނާޒިމް ވިދާޅުވިޔަސް، ނަޝީދު ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ. އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވި ކަމަކަށް ވިދާޅެއް ނުވެ އެވެ. އަދި މާ ގިނައިރު މަޑުނުކުރައްވާ، ނޫސްވެރިންގެ ބައްދަލުވުމުގެ މެދުން އެތަން ދޫކުރައްވާ ނަޝީދު ވަޑައިގެންނެވި އެވެ.

ގާސިމާއި ނަޝީދު މީގެ ކުރިން ވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ މަޝްވަރާތަކެއް ކުރެއްވި އެވެ.