ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
22 އޮކްޓޯބަރ 2018
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
ޖޭޕީން ބުނީ އެ ޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް، ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވީ އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށް އެ ފުރުސަތު ހުޅުވާލުމަށެވެ. އަލީ ވަހީދުގެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ ކިހާ ދުވަހަކަށް ކަމެއް ޖޭޕީން ނުބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، އަދި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ޖޭޕީގެ ބާނީ ގާސިމް އިބްރާހިމާއި ޕާޓީގެ އިސް ބޭފުޅުންނާއި ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ޖޭޕީގެ ބާނީ ގާސިމް އިބްރާހީމެވެ.
ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.
އެހެންވެ، ޖޭޕީގެ ތިންވަނަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައި އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރުގެ ގޮތުގައި ހަމަޖެއްސުމާއެކު، މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމަށް އެ މަގާމު ގެއްލުނެވެ.
ޖޭޕީގެ ކޮންގްރެސްގައި ގާސިމަށް އެ މަގާމަށް ކުރިމަތި ނުލެއްވުނީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވި ހުކުމަކީ ބާތިލް ހުކުމެއްގެ ގޮތުގައި ހައި ކޯޓުން ކަނޑައަޅައި، ޖަލު ހުކުމުން ގާސިމް ވަނީ މިއަދު ސަލާމަތްވެވަޑައިގެންފަ އެވެ.
"ޖޭޕީ އޮތީ ވެރިކަން ކުރަން ތައްޔާރަށް، ކާމިޔާބުވާނެ"
ޖޭޕީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ޑރ. ހުސެއިން އަށް
ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެނަމަ ޖޭޕީން ނުކުންނަނީ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ޖޫން 28، 29 ގައި
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ
ޗާގޯސް އެއްވުމަށް ނުދާން ގާސިމް އެދިވަައިގެންފި
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
ފައިސަލް ޖުމްހޫރީ ޕާޓީއާ ދުރުގައި! ކީއްވެ؟
ގާސިމްގެ ފިނި ރައްދު: ރައީސް ގޯހޭ ބުނެވިއްޖެތޯ؟
ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް