ސައުވީސް އަހަރަށް ފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ސްވިޑަން އަށް ފުރުސަތު ލިބުނުއިރު، މި މުބާރާތުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ އަންދްރެއަސް ގްރަންކްވިސްޓަށް މިއީ ހާއްސަ ވަގުތެކެވެ. އޭނާގެ އަންހެނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދެ ވަނަ ދަރިފުޅު ވިހައިފަ އެވެ. އެކަަމަކު އެ ކުއްޖާގެ މޫނު ދެކިލަން ގްރަންކްވިސްޓް ބޭނުންވަނީ މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗަށް ފަހު އެވެ.
07 ޖުލައި 2018
ސައުވީސް އަހަރަށް ފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ސްވިޑަން އަށް ފުރުސަތު ލިބުނުއިރު، މި މުބާރާތުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ އަންދްރެއަސް ގްރަންކްވިސްޓަށް މިއީ ހާއްސަ ވަގުތެކެވެ. އޭނާގެ އަންހެނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދެ ވަނަ ދަރިފުޅު ވިހައިފަ އެވެ. އެކަަމަކު އެ ކުއްޖާގެ މޫނު ދެކިލަން ގްރަންކްވިސްޓް ބޭނުންވަނީ މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗަށް ފަހު އެވެ.
އުމުރުން 33 އަހަރުގެ ގްރަންކްވިސްޓް ބުނީ ދަރިއަކު ލިބުމުން މި ވަގުތު އުފަލުން ހުރި ނަމަވެސް ފޯކަސް ހުރީ މިރޭގެ މެޗަށް ކަމަށެވެ.
"އަހަރެންގެ އަންހެނުން ވަރަށް ހިތްވަރުގަދަ. އަހަރެން ގައުމީ ޓީމާ އެކު މި ހުރީ ވެސް އޭނާ ދިން ހިތްވަރާ އެކު. ދެ ވަނަ ދަރިއަކު ލިބުމުން އަހަރެން މިހުރީ އުފަލުން. ހާއްސަކޮށް ވޯލްޑް ކަޕް ދުވަސްވަރު ލިބުނީމަ ވެސް އުފާވޭ. އެކަމަކު މި ވަގުތު ވިސްނަނީ މިރޭގެ މެޗަށް،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގްރަންކްވިސްޓް ބުންޏެވެ.
ގްރަންކްވިސްޓުގެ އަންހެނުން ސޯފީ ގްރަންކްވިސްޓް ވަނީ މިރޭގެ މެޗަށް ފަހު ދަރިފުޅު ދެކިލަން އައުމަށް ގްރަންްކްވިސްޓުގެ ކިބައިން އެދިފަ އެވެ. ގްރަންކްވިސްޓް ވަނީ އެ ގޮތަށް ކަންތަައް ކުރާނެ ކަމަށް ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ޑެންމާކުގެ ޑިފެންޑަރު ޔޮނަސް ނޫޑްސަން ރަޝިއާގައި ހުއްޓާ ދަރިއަކު ލިބުމުން، އަންހެނުންނާއި ދަރިފުޅު ދެކިލަން އެނބުރި ގައުމަށް ގޮސްލާފައި އަންނަން އެ ޓީމުގެ ކުޅުންތެރިން ޕްރައިވެޓް ޖެޓެއް ޗާޓަރުކޮށްދީފަ އެވެ.
އަދި އިންގްލެންޑުގެ މިޑްފީލްޑަރު ފަބިއަން ޑެލްފް ވެސް ވަނީ ބެލްޖިއަމް އަތުން ގްރޫޕް ސްޓޭޖުގައި ބަލިވި މެޗަށް ފަހު އޭނާގެ އަންހެނުން ވިހާތީ ޓީމުގެ ޓްރެއިނިން ކޭމްޕް ދޫކޮށް އެނބުރި ގައުމަށް ގޮސްފަ އެވެ. އަދި އަންހެނުން ވިހެއުމުން ޑެލްފް ވަނީ މިރޭގެ މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
މިރޭގެ މެޗަކީ ސްވިޑަން އާއި އިންގްލެންޑް ބައްދަލުކުރާ 25 ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު މެޗުތަކަށް ބަލާއިރު، ސްވިޑަން ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. އިންގްލެންޑް އަށް މެޗުން މޮޅުވިއިރު، ނުވަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ މި ދެ ޓީމު ވޯލްޑް ކަޕުގައި ކުޅޭ ތިން ވަނަ މެޗެވެ. މީގެ ކުރިން ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
ސްވިޑަން ކޯޗު ޖޭން އެންޑަސަން ބުނީ އޭނާގެ ޓީމަކީ ވަރަށް ފަސޭހައިން ދަސްކޮށްލެވޭނެ ޓީމެއް ކަމަށާއި އެކަމަކު އެ ޓީމު ބަލިކުރުމަކީ ވަރަށް އުނދަގޫވާނެކަމެއް ކަމަށެވެ.
ސްވިޑަނުން 1994 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލުގައި ކުޅޭއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ޑިފެންސް ވަރުގަދަ ވުމެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި ސްވިޑަން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ލަނޑެއް ވަނީ އެއް މެޗުންނެވެ. އެއީ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު އަތުން 2-1 އިން ބަލިވި މެޗުގަ އެވެ.
އިންގްލެންޑުން އެންމެ ފަހުން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2006 ވަނަ އަހަރު އެވެ. އެ ޓީމުގެ މި ފަހަރުގެ ކެޕްޓަން ހެރީ ކޭން ވަނީ އެ ޓީމު ތެރޭގައި އޮތް އެއްބައިވަންތަ ކަމުގެ ރޫހަކީ މި މުބާރާތުގައި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
އިންގްލެންޑާއި ސްވިޑަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.
މެޗު ނުކުޅެ ހަތަރު ޓީމު ދެ ވަނަ ބުރަށް ދަތުރުކޮށްފި
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި
28 އަހަރަށް ފަހު އިންގްލެންޑް ވޯލްޑް ކަޕް ސެމީ އަށް
ދަނޑު ބޭރުން ބެކަމާއި އިބްރަހިމޮވިޗްގެ ޗެލެންޖެއް
އެރިކްސަން މަރުވި އިރު ބޮޑު ދަރަންޏެއް
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސަޕޯޓަރުންނަށް ރައިސް އާއި ގްރީލިޝް ވީ ހަތުރުންނަށް
ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ