ލަންޑަން (ޖޫން 22) - ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އިން، ހަތަރު ޓީމަކުން، އެ ޓީމުތައް ކުޅެން ޖެހޭ މެޗުތައް ކުޅުމުގެ ކުރިން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
22 ޖޫން 2021
ލަންޑަން (ޖޫން 22) - ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އިން، ހަތަރު ޓީމަކުން، އެ ޓީމުތައް ކުޅެން ޖެހޭ މެޗުތައް ކުޅުމުގެ ކުރިން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ފްރާންސް، އިންގްލެންޑް، ޗެކް ރިޕަބްލިކް، ސްވިޑެން ވަނީ ގްރޫޕްގެ ފަހު މެޗުތައް ނުކުޅެ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އަދި ގްރޫޕް ސްޓޭޖު ކުޅެ ނިމެންދެން އިންތިޒާރު ކުރަން ޖެހޭނެ ކަމަށް ބެލެވުނު ނަމަވެސް، ސްވިޒަލެންޑް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
އެ ފަސް ޓީމު ދެ ވަނަ ބުރަށް ދަތުރު ކުރީ، ކޮންމެ ޓީމަކުން ވަސް ހަތަރު ޕޮއިންޓް ހޯދާފައި ވުމުން ގްރޫޕްތަކުގެ ތިން ވަނައަށް ވުރެ ފަހަތަށް ނުވެއްޓޭނެކަން ކަށަވަރު ވުމުންނެވެ.
ރޭ ކުޅުނު ގްރޫޕް ބީ އަދި ސީގެ މެޗުތަކުން ފިންލެންޑާއި ޔޫކްރޭން ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. އެ ދެ ޓީމަށް ތިން ޕޮއިންޓް ލިބިފައި ވުމުން، ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ހަތަރު ޕޮއިންޓް ހޯދާފައިވާ ހުރިހާ ޓީމެއް ދެ ވަނަ ބުރަށް ދަތުރު ކުރާނެ އެވެ.
ފިންލެންޑާއި ޔޫކްރޭން މުބާރާތުން ކަޓައިގެން ދިޔައީކީ ވެސް ނޫނެވެ. ގްރޫޕް ޑީ އާއި އީގެ ތިން ވަނަ ހޯދާ ޓީމުތައް ދެ ޕޮއިންޓްގައި ނިންމާލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެންވެއްޖެ ނަމަ ތިން ޕޮއިންޓް ހޯދާފައިވާ ފިންލެންޑް އަދި ޔޫކްރޭން ވެސް ދެ ވަނަ ބުރަށް ދަތުރު ކުރާނެ އެވެ.
ގުރޫޕް ބީން ބެލްޖިއަމް ވަނީ ފިންލެންޑް ބަލިކޮށް އެ ގުރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. އަދި ރަޝިއާ ބަލިކޮށް ޑެންމާކު ވެސް ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ވާދަކުރާނީ ވޭލްސް އާއި ޑެންމާކް އެވެ. އެ ރޭ ދަންވަރު އިޓަލީ އާއި އޮސްޓްރިއާ ވާދަކުރާނެ އެވެ.
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
އާނޯލްޑް ވިދާލި މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް
ފްރާންސް ސެމީ އަށް، އިންގްލެންޑް ކަޓައިފި
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ
ސްވިޒަލެންޑުން ދުނިޔޭގެ ޗެމްޕިއަން ހިމޭން ކޮށްލައިފި
ފްރާންސް ފެވަރިޓަކަށްވީ މުބާރާތުގެ ކުރިން: ޑެޝޯމްޕްސް
ޗެކް ރިޕަބްލިކް ބަލިކޮށް އިންގްލެންޑަށް އެއް ވަނަ
ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ
ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއް ވަނަ އަށް