Roadha Mihaaru
އަގުބޮޑު ކައިވެނިތައް އަވަހަށް ރޫޅޭނެ؟

އަގުބޮޑު ކައިވެނިތައް އަވަހަށް ރޫޅޭނެ؟

09 ޖުލައި 2018

ކައިވެންޏަކަށް ތައްޔާރުވާއިރު ފައިސާ ހުއްޓަސް، ހައްދެއް ވެސް އޮންނަން ވާނެ އެވެ. ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ މުހިއްމު ދުވަހެކެވެ. އެކަމަކު މި ފަހަކަށް އައިސް ކައިވެނި ހަފުލާތައް ބާއްވަނީ ދެއްކުންތެރި ކަމުގެ ގޮތުންނޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެންޏަކަށް ތައްޔާރުވާއިރު ފައިސާ ހުއްޓަސް، ހައްދެއް ވެސް އޮންނަން ވާނެ އެވެ. ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ މުހިއްމު ދުވަހެކެވެ. އެކަމަކު މި ފަހަކަށް އައިސް ކައިވެނި ހަފުލާތައް ބާއްވަނީ ދެއްކުންތެރި ކަމުގެ ގޮތުންނޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ދިރާސާއެއްގައި ބުނާ ގޮތުން ބޮޑެތި ހަރަދުތައްކޮށްގެން، ކުލަ ގަދަކޮށް ކައިވެނީގެ ހަފުލާތައް ބާއްވާ ނަމަ، އެފަދަ ދެމަފިރިންގެ ގުޅުމުގައި މައްސަލަތައް ޖެހި އަވަހަށް ވަރިފަށަށް އެރުމުގެ ފުރުސަތު ބޮޑެވެ.

އެކަމަކު އެއާ ހިލާފަށް، އާދައިގެ ގޮތަކަށް ކައިވެނީގެ ހަފުލާ ނިންމައިލާ މީހުންގެ ގުޅުން ބަދަހިވެފައި، އެފަދަ ގުޅުންތައް ގިނަ ދުވަހަށް ދެމެހެއްޓޭ ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި ފާހަގަކުރި ގޮތުގައި އަގުބޮޑު އަނގޮޓި އާއި ކައިވެނީގެ ހެދުމާއި ހުޅުދާންކޮށްގެން ކައިވެނީގެ ހަފުލާތައް ބޭއްވުމުގައި އަސްލު މާނައެއް ނެތެވެ. ވަކިން ހާއްސަކޮށް އަގުބޮޑު އަނގޮޓިއަކީ ކައިވެންޏަކަށް މުހިއްމު އެއްޗެއް ނޫން ކަމަށް ދިރާސާފައި ވަނީ ފާހަގަކޮށްފަ އެވެ.

މިކަމާ ބެހޭ ގޮތުން އިކޮނިމިކް ޕްރޮފެސަރުން ކަމަށްވާ އެންޑްރޫ ފްރާސިސް-ޓޭން އާއި ހޫގޯ އެމް މިއަލޯންގެ ދިރާސާގައި ބުނި ގޮތުގައި ފިރިހެނުންގެ ތެރެއިން އަގުބޮޑު އަނގޮޓިއާ ދޭތެރޭ ވިސްނާ މީހުންގެ ކައިވެނީގެ ގުޅުން ނިމުމަކަށް އަންނަލެއް އަވަހެވެ.

"ވަރިފަށަށް އަރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މީހާގެ ސިފަ ވެސް. ކައިވެންޏަށް ފަހު އެކަމާ ދޭތެރޭ މާ ބޮޑަށް ވިސްނަން ފަށައިފި ނަމަވެސް ކައިވެނި ނުދެމެހެއްޓި ރޫޅުމުގެ ފުރުސަތު ބޮޑު،" ހޫގޯ ބުންޏެވެ.