Roadha Mihaaru
އައިއެސްގެ އަށް މީހުން އީރާނުން ދަންޖައްސައިފި

ޕާލަމެންޓަށް ހަމަލާ ދިން އައިއެސްގެ އަށް މީހުން އީރާނުން ދަންޖައްސައިފި

08 ޖުލައި 2018

ތެހެރާން (ޖުލައި 8) - އީރާނުގެ ޕާލަމެންޓަށާއި އާޔަތުﷲ ޚުމައިނީގެ ޒިޔާރަތަށް މިދިޔަ އަހަރު ހަމަލާ ދިން އައިއެސްގެ އަށް މީހަކު އީރާނުގައި ދަންޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖުލައި 8) - އީރާނުގެ ޕާލަމެންޓަށާއި އާޔަތުﷲ ޚުމައިނީގެ ޒިޔާރަތަށް މިދިޔަ އަހަރު ހަމަލާ ދިން އައިއެސްގެ އަށް މީހަކު އީރާނުގައި ދަންޖައްސައިފި އެވެ.

މިދިޔަ އަހަރުގެ ޖޫން 7 ވަނަ ދުވަހު ދިން ހަމަލާގައި 18 މީހުން މަރުވި އެވެ. މިއީ އައިއެސް އިން އީރާނުގައި ދިން ހަމައެކަނި ހަމަލާ ވެސް މެ އެވެ. އެ ހަމަލާގައި ހަތިޔާރު އަޅައިގެން ތިބި ހަތަރު މީހަކު ވަނީ ޕާލަމެންޓަށް ވަދެގެންފަ އެވެ. އޭރު ޕާލަމެންޓުގެ ބައްދަލުވުމެއް ކުރިއަށް ދަނީ އެވެ. އަނެއްކޮޅުން ޚުމައިނީގެ ޒިޔާރަތަށް ވަނީ ޖާނުންފިދާވުމުގެ ހަމަލާއެއް ދީފަ އެވެ.

އެ ހަމަލާ އަށް ފަހު އީރާނުން ވަނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހާ އާއި ހަމަލާ ދިނުމަށް އައިއެސް މީހުން ރެކްރޫޓް ކުރި މީހާ ހައްޔަރުކޮށްފަ އެވެ. ދަންޖެއްސި މީހުންގެ ތެރޭގައި އެ ދެ މީހުން ވެސް ހިމެނެ އެވެ.

ޕާލަމެންޓަށް ދިން ހަމަލާ އަށް ފަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ސީރިއާގެ އިރުމަތީގައި ހަރަކާތްތެރިވާ އައިއެސްގެ މީހުންނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފަ އެވެ.