އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައި އެ ހުކުމް ތަންފީޒުކުރަން ފަށައިފި އެވެ.
އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައި އެ ހުކުމް ތަންފީޒުކުރަން ފަށައިފި އެވެ.
މުޒާހަރާތަކުން ހައްޔަރު ކުރި އެތައް ސަތޭކަ ބައެއްގެ މައްޗަށް އީރާން ސަރުކާރުން ދައުވާ ކޮށްފައިވާ އިރު، އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މިހާރު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އީރާންގެ އިންގިލާބީ ކޯޓުގައި ކުރި ޝަރީއަތަށް ފަހު، މަރުގެ އަދަބު ކަނޑައެޅި މީހުންގެ ތެރެއިން ފުރަތަމަ މީހާ ދަން ޖައްސައި މެރީ ރޭގެ ވަގުތެއްގަ އެވެ.
"މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ" ކުށް ސާބިތުވި ކަމަށް ކަނޑައަޅައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން ރޭ ދަންވަރު ދަން ޖައްސައި މެރީ، ޒުވާނެއް ކަމަށްވާ މުހުސިން ޝިކާރީ، 23، އެވެ. އީރާންގެ ފުލުހުން ޝިކާރީ ހައްޔަރުކުރީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
He was only 23 years old. This morning, just before sunrise, the Islamist regime in Iran executed #MohsenShekari, a protester they had arrested in #Tehran
— Masih Alinejad ?️ (@AlinejadMasih) December 8, 2022
Mohsen gave his life for freedom. He wanted a normal life. One more brave soul killed by this bloody regime#IranRevolution pic.twitter.com/SapAcpeiqp
އެ ދުވަހު މުހުސިން ހައްޔަރުކުރީ ވެރިރަށް ތެހެރާންގެ ސައްތަރްޚާން އަވަށުގެ މަގެއްގައި ހުރަސްތައް ބަހައްޓައި، ސިފައިންނާއި ފުލުހުންގެ އުޅަނދުތަކަށް ދަތުރުނުކުރެވޭނެ ގޮތަށް މަގު ބަންދުކޮށް، އާންމުން އެއްކޮށްގެން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ. ކޯޓުގައި ފުލުހުން އިއްވި ބަޔާނުގައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު މުހުސިން ހައްޔަރުކުރީ، އޭނާ ބަންދުކޮށްގެން އުޅުނު ސަރަހައްދުގައި ތިބި ސިފައިންނަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައި އެ ސަރަހައްދުގެ ހަމަޖެހުން ނަގައިލުމުގެ ތުހުމަތުގަ އެވެ.
މުހުސިންގެ މައްޗަށް އެ ގައުމުގެ އިންގިލާބީ ކޯޓުން މަރުގެ ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެ ކޯޓުން ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމަށް ފަހު މުހުސިން ބުނި ގޮތުގައި، އޭނާގެ މައްޗަށް ޝަރީއަތް ހިންގީ، ދިފާއުވުމުގެ އެއްވެސް ފުރުސަތެއް އަދި ހެކި ހުށަހެޅުމުގެ އެއްވެސް ފުރުސަތެއް ނުދީ، އީރާން ސަރުކާރުން ދުރާލައި ރޭވި ގޮތަށެވެ.
މުހުސިންގެ މައްޗަށް މަރުގެ ހުކުމް މިއަދު ތަންފީޒުކުރީ، އިންގިލާބީ ކޯޓުން މިދިޔަ މަހުގެ ކުރި ހުކުމް، އެ ގައުމުގެ ސުޕްރިމް ކޯޓުން ދެމެހެއްޓުމުންނެވެ.
އީރާންގެ އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އީޖޭ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ބިމުގައި ފަސާދަ އުފެއްދުމާއި، މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ ކުށުގައި އިންގިލާބީ ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް، އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެހެންކަމުން އެ ހުކުމްތައް ތަންފީޒުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން މަރުގެ ހުކުމް އިއްވީ ކިތައް މީހުންގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން ބުނާ ގޮތުގައި، މަދުވެގެން 28 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބެލެވެ އެވެ.
މުޒާހަރާތަކުން ހައްޔަރުކުރި އިތުރު ދެ މީހަކު މަރައިފި
މުޒާހަރާގެ އިތުރު ބައިވެރިއަކު ދަންޖައްސައިފި
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ
އީރާންގެ މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މަރު
ބުރުގާ ނާޅާ އަންހެނުން ހޯދަން ކެމެރާ ހަރުކުރަނީ
ކުރުދީންނަށް ދިން ހަމަލާއަށްފަހު ޕެރިހުގައި ހަމަނުޖެހުން
އީރާނުގައި 39 މީހުން ދަންޖެއްސުން އެކަށީގެންވޭ
އީރާންގެ މަޝްހޫރު ފިލްމީ ތަރި ހައްޔަރުކޮށްފި
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި
"ހަމަނުޖެހުމާއި ޓެރަރިޒަމްގެ މައި ޝައިތޯނަކީ އެމެރިކާ"