13 ޖުލައި 2018
މި އަހަރުގެ ރިއާސީ އިންތިޚާބުގައި، ޕީޕިއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުންނަ، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓަކީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ ބައްދަލުވުމުގައި ދެންމެ އިންތިޚާބު ކޮށްފި އެވެ.
މި އަހަރުގެ ރިއާސީ އިންތިޚާބުގައި، ޕީޕިއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުންނަ، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓަކީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ ބައްދަލުވުމުގައި ދެންމެ އިންތިޚާބު ކޮށްފި އެވެ.
ފުވައްމުލަކަށް އުފަން ފައިސަލަށް ރަނިން މޭޓްކަން ލިބިވަޑައިގަތީ އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަށް ވުރެ އެންމެ ވޯޓެއް އިތުރަށް ލިބިވަޑައިގެންނެވެ. ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓުގައި ފައިސަލް އަށް ލިބިވަޑައިގަތީ 15 ވޯޓެވެ. ގާނޫނީ ވަކީލް އަލީ ހުސައިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ.
ރަނިންމޭޓުގެ އިންތިޚާބު ފައިސަލް މި ކާމިޔާބު ކުރެއްވީ، އޭނާ އަށް ކުރިން ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށް ޖޭޕީގެ ފައުންޑަރު ގާސިމް އިބްރާހީމް މިއަދު ހަވީރު އިއުލާން ކުރައްވާފައި ވަނިކޮށެވެ. ފައިސަލާ ގާތް ގުޅުމެއް އޮންނަ އަދި އޭނާގެ މުވައްޒަފެއްގެ ގޮތުގައި ވެސް ގެންގުޅުއްވި ގާސިމް، ފައިސަލަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމަށް ފަހު ވިދާޅުވީ، ޖޭޕީގެ ކައުންސިލް މެމްބަރުންނަށް އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލް ގައި ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ރަނިން މޭޓު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް މެމްބަރު އަލީ ހުސެން އޭނާ އަށް މަރުހަބާ ކިޔުއްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ރަނިންމޭޓް ކަން ލިބިވަޑައިގަތުމާ އެކު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ދެންމެ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުން މިހާރު ދާ ދަތުރަކީ ވަރަށް ދިގު ދަތުރެއް ކަމަށާއި މި ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އޭނާ ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައިގެން އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެކުލަވައިލާ ސަރުކާރެއްގައި ރައްޔިތުންގެ އެއްވެސް ބައެއްގެ މެދުގައި ތަފާތު ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި ހޭދަ ކުރެއްވި ތާރީޚުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަަޑައިގަތީ އަދި އެންމެ ގާތް ކޮށް މަސައްކަތް ކުރެއްވީ، އޭނާއާ މިރޭ ވާދަ ކުރެއްވި އަލީ ހުސައިން ކަމަށެވެ.
ފައިސަލް އަށް މަރުހަބާ ދަންނަވަމުން އަލީ ހުސައިން ވިދާޅުވީ މިރޭ ފެނުނީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އޭނާ ހުންނަވާނީ ފައިސަލްއާ އެކުގައި ކަމަށާއި އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބު ކޮށްދޭން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ މިރޭ މި އެޅުނީ ވަރަށް މުހިންމު ބިންގަލެއް ކަމަށާއި ކުރިއަށް ދާނީ އިދިކޮޅު ހަތަރު ލީޑަރުން ދައްކާ މަގުން ކަމަށާއި ހުރިހާ ވެސް ބޭނުމަކީ އިންތިޚާބު ކާމިޔާބު ކޮށް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ.
އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ރަނިން މޭޓު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
އިދިކޮޅު ރަނިން މޭޓްގެ މަގާމަށް ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ހުޅުވައިލި ފުރުސަތު މިއަދު ހަވީރު ހަމަވި އިރު، ކުރިމަތިލެއްވީ ހަތަރު ބޭފުޅެކެވެ. އެއީ ފައިސަލާއި އަލީ ހުސެއިންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.
އެ ހަތަރު ބޭފުޅުންގެ ތެރެއިން ރަނިން މޭޓް ކަނޑައެޅީ މިރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގަ އެވެ. އޭގެ ތެރެއިން ޑރ. ހުސައިން ރަޝީދު ހަސަނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި އަބްދުﷲ އަމީނަށް ލިބިވަޑައިގަތީ ނުވަ ވޯޓެވެ.
އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ރަނިން މޭޓު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއެކު(ކ-2) އެ މަގާމަށް ކުރިމަތިލެއްވި އަބްދުﷲ އަމީން(ވ)، އަލީ ހުސެން(ވ-2) އަދި ހުސައިން ރަޝީދު ހަސަން(ކ).-- ފޮޓޯ: ހުސެން ވަހީދު /މިހާރު
އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި ވާދަ ކުރައްވާ ރިއާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވަނީ، ކެމްޕޭންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އައްޑު އަށް ވަޑައިގެންފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި ފުވައްމުލަކަށް ވަޑައިގަންނަވާނެ އެވެ.
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް
ޝައްކު ނުކުރައްވާ، ހުވާ ކުރައްވާނީ އިބޫ: ގާސިމް
ފައިސަލްގެ ޗެލެންޖް ޕީޕީއެމަށް!
އަޅުގަނޑުގެ "އަސްލު ސޫރަ" ބަދަލެއް ނުވާނެ: އިބޫ
އިބޫއަކީ އުފެދުމުގައި ވެސް ލީޑަރެއް: ފައިސަލް
ރައީސް ޔާމީން އިދިކޮޅަށް: ތިއީ ކޮކްޓެއިލް ކޯލިޝަނެއް!
އިންތިޚާބު ކާމިޔާބުވާ މަންޒަރު ދަތުރުތަކުން ފެނޭ:މާރިޔާ
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ