Roadha Mihaaru
ޝަހީމްގެ ފުރަތަމަ ކެމްޕޭން ދަތުރު އުފަން އަތޮޅަށް

ޑރ. ޝަހީމްގެ ފުރަތަމަ ކެމްޕޭން ދަތުރު އުފަން އަތޮޅަށް

17 ޖުލައި 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޭނާގެ ކެމްޕޭންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އުފަން އަތޮޅު ކަމަށްވާ ގއ. އަތޮޅަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޭނާގެ ކެމްޕޭންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އުފަން އަތޮޅު ކަމަށްވާ ގއ. އަތޮޅަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި ގއ. އަތޮޅުގެ ރަށްތަކަށް އޭނާ ކުރައްވާ ދަތުރު ފައްޓަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެނބުރި މާލެ ވަޑައިގަންނަވާނީ، އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން އާއްމުންނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.

ދަތުރުގެ ކުރިން މާދަމާ ރޭ ޝަހީމް ވަނީ، މާލޭގައި ދިރިއުޅޭ ހުވަދު އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފަ އެވެ.

ރައީސް ޔާމީން މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން، އެރަށުގެ ގިނަ ބަޔަކު އެމަނިކުފާނާ ސަލާމް ކުރަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން، އެރަށުގެ ގިނަ ބަޔަކު އެމަނިކުފާނާ ސަލާމް ކުރަނީ. - ފޮޓޯ: ރައީސް އޮފީސް

ކެމްޕޭން ދަތުރުތައް ޝަހީމް ފައްޓަވާ އިރު، ރައީސް ޔާމީން އަންނަނީ ބައެއް ރަށްތަކުގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް، އެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން މ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިދިޔަ ހަފުތާގައި ވަޑައިގެންފައިވާ އިރު މިހާރު ހުންނެވީ ހއ. އާއި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ.

އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމްގެ ކެމްޕޭން ފެއްޓެވީ އައްޑު އާއި ފުވައްމުލަކުންނެވެ. އެ ރަށްތަކުގެ ގިނަ ބަޔަކާ ބައްދަލު ކުރެއްވުމަށް ފަހު އިބޫ އިއްޔެ މާލެ ވަޑައިގެންނެވި އިރު، އިންތިހާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ދަތުރުކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.