Roadha Mihaaru
ގޮތް ނޭނގޭ ސިޓީއެއްގެ މައްސަލައިގައި ވިލިއަން ކޯޓަށް

ގޮތް ނޭނގޭ ސިޓީއެއްގެ މައްސަލައިގައި ވިލިއަން ކޯޓަށް

03 އޯގަސްޓް 2018

ލަންޑަން (އޮގަސްޓް 3) - ޗެލްސީ އަށް ކުޅޭ ބްރެޒިލްގެ ވިންގާ ވިލިއަންގެ ވަގު ސޮޔެއް ކޮށްގެން އާންމުކޮށްފައިވާ ގޮތް ނޭނގޭ ސިޓީއެއްގެ މައްސަލައިގައި އޭނާ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 3) - ޗެލްސީ އަށް ކުޅޭ ބްރެޒިލްގެ ވިންގާ ވިލިއަންގެ ވަގު ސޮޔެއް ކޮށްގެން އާންމުކޮށްފައިވާ ގޮތް ނޭނގޭ ސިޓީއެއްގެ މައްސަލައިގައި އޭނާ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ވިލިއަންގެ ނަމުގައި އާންމުވި ސިޓީގައި ބުނާގޮތުން ވަކި މުއްދަތަކަށް އޭނާ ވަނީ އޭޖެންޓް ބަދަލުކުރުމަށް ހުށަހަޅައިފަ އެވެ. އެ ގޮތުން މި މަހު 15 ވަނަ ދުވަހުގެ ނިޔަަލަށް ވިލިއަންގެ އޭޖެންޓެއްގެ ޒިންމާ ޑެނިރޮބްސަން ޑިއާޒް ނަމަކަށް ކިޔާ މީހެއް ވަނީ ރެނޭ ޕިންޙެރޯއާ ހަވާލުކޮށްފަ އެވެ. އިންގްލެންޑާއި ފްރާންސްގެ ފުޓްބޯޅަ މާކެޓްގައި އާންމުވި މި ސިޓީގައި ވިލިއަންގެ ސޮއިކޮށްފައިވީ ނަމަވެސް އޭނާ ވަނީ އެ ފަދަ ސިޓީއެއްގައި ސޮއިނުކުރާ ކަމަށް ބުނެފަ އެވެ.

ވިލިއަން އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑުން ފާރަލި ކުޅުންތެރިއެކެވެ. އޭނާއާ ބެހޭގޮތުން މި އާންމުވި ސިޓީއާ ހެދި ޗެލްސީ އާއި ވިލިއަންއާ މެދު ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. ވިިލިއަން ވަނީ އޭނާގެ ވަކީލުން އެ މައްސަަލައިގެ ކަންތައްތައް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.

އުމުރުން 29 އަހަރުގެ ވިލިއަން ވަނީ މިދިޔަ ފަސް ސީޒަނުގައި ޗެލްސީ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޗެލްސީގެ ޕްރީ ސީޒަންގައި މިދިޔަ ހުކުރު ދުވަހު ވިލިއަން ބައިވެރިވާން ޖެހެ އެވެ. އެހެން ނަމަވެސް ބައިވެރިނުވެވުނީ އޭނާގެ ޕާސްޕޯޓުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.

ވިލިއަން އެނބުރި ޓީމާ ގުޅުން ލަސްވާތީ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސާރީ ވަނީ ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން ވިލިއަންއާ ވާހަކަ ދައްކާނެ ކަމަށް ބުނެފަ އެވެ. އަދި ވިިލިއަން އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކްލަބްގައި އޭނާ ބަހައްޓަން ހުރިހާ ގޮތަކުން މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.