Roadha Mihaaru
ޗެލްސީގެ އަދަބު މައްސަލައިގައި ކޯޓުން ގޮތެއް ނިންމަނީ

ޗެލްސީގެ އަދަބު މައްސަލައިގައި ކޯޓުން ގޮތެއް ނިންމަނީ

21 ނޮވެމްބަރ 2019

ލަންޑަން (ނޮވެމްބަރު 21) - ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް ދީފައިވާ އަދަބާ ދެކޮޅަށް އެ ކްލަބުން ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) ގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި އަންނަ މަހު ވަކި ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 21) - ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް ދީފައިވާ އަދަބާ ދެކޮޅަށް އެ ކްލަބުން ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) ގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި އަންނަ މަހު ވަކި ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގަވާއިދާ ހިލާފާށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ޗެލްސީން ފީފާ ގަވާއިދުގެ 150 ކަމަކާ ހިލާފުވެފައިވާތީ ދެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ވަނީ އަދަބު ދީފަ އެވެ. ޗެލްސީގެ މައްސަލަ ޖެހުނީ 70 ކުޅުންތެރިންގެ ލިޔެކިއުމުގަ އެވެ

މި މައްސަލައިގައި ސީޒަން ފެށުމުގެ ކުރިން ވެސް ޗެލްސީން އެޕީލް ކުރަން މަސައްކަތްކުރި އެވެ. އެކަމަކު އޭރު އެކަން ކާމިޔާބުނުވީ މައްސަލަ ޖެހުނީ ކިތަށް ކުޅުންތެރިންގެ ލިޔެކިއުމުގައިކަން ޗެލްސީ އަށް އޮޅުންނުފިލައި އޮތްއިރު، އެ ކްލަބުން ސީއޭއެސްގައި މައްސަލަ ރަޖިސްޓްރީކުރަން ހުށަހެޅި ލިޔެކިއުންތައް ދިމާނުވުމުންނެވެ.

ޗެލްސީން އަލުން ހުރިހާ ކަމެއް އޮޅުންފިލުވުމަށް ފަހު ސީއޭއެސް އަށް މައްސަލަ ހުށަހަޅާފައިވާއިރު، މިހާރު ކޯޓުން ވަނީ އެ މައްސަލަ އަންނަ މަހަށް ތާވަލުކޮށްފަ އެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ފުރިހަމަ އަށް މި މައްސަލަ ތަހުގީގުކުރުމުގެ ގޮތުން ވަގުތީ ގޮތުން ޗެލްސީގެ ސަސްޕެންޝަން ނެގުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެނަމަ ޖެނުއަރީ މަހު އެއް ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި ޗެލްސީ އަށް ކުޅުންތެރިން ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް މިހާތަނަށް ފީފާގެ މި ސަސްޕެންޝަނުގެ ވާހަކަތައް މީޑިއާގައި ދައްކާފައިނުވި ނަމަވެސް ޗެލްސީގެ ވެރިން އަންނަނީ މި އަދަބުން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ޖެނުއަރީ މަހު ކުޅުންތެރިން ގަނެވޭ ގޮތްވެއްޖެނަމަ ޗެލްސީން ގާތްގަނޑަކަށް 100 މިލިއަން ޕައުންޑް ޓްރާންސްފާ އަށް ހަރަދުކޮށްފާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އާރްބީ ލިޕްޒިގަށް ކުޅޭ ޖަރުމަނު ގައުމީ ޓީމުގެ ވިންގް ޓިމޯ ވާނާ ހިމެނެ އެވެ.