ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖަލަށް ލުމަށް ކުރި ހުކުމުގެ ބޮޑު ބައި ތަންފީޒުވެ ނިމިފައިވާ އިރު ވެސް އެ މައްސަލައިގެ އިސްތިއުނާފާ ގުޅޭ އެއްވެސް ކަމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ނުދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ރިޔާޒްގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
29 ޖުލައި 2018
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖަލަށް ލުމަށް ކުރި ހުކުމުގެ ބޮޑު ބައި ތަންފީޒުވެ ނިމިފައިވާ އިރު ވެސް އެ މައްސަލައިގެ އިސްތިއުނާފާ ގުޅޭ އެއްވެސް ކަމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ނުދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ރިޔާޒްގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
މިދިޔަ މާޗް މަހު ރިޔާޒް ހައްޔަރު ކުރި ފަހުން އޭނާގެ ބަންދަށް 150 ދުވަސް ހަމަވުމާ ގުޅިގެން އޭނާގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޔާޒް ޖަލަށް ލުމަށް މިދިޔަ އޭޕްރީލް މަހު ކުރި ހުކުމުގެ ތިން ބައިކުޅަ ދެ ބައި ތަންފީޒުވެފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިދޭން އިންކާރު ކުރި މައްސަލައެއްގައި ހައި ކޯޓުން ރިޔާޒް ޖަލަށް ލާން ހުކުމް ކުރީ ހަތަރު މަހާއި 24 ދުވަހަށެވެ. އެ ހުކުމުގެ ތިން ބައިކުޅަ ދެ ބައި ތަންފީޒުވެފައިވާ އިރު ވެސް، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ އެއްވެސް ކަމެއް ކުރިއަށް ނުދާތީ އެކަމާ ހިތާމަ ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އިސްތިއުނާފީ މަރުހަލާތަކުން ކުށުން ބަރީއަވުމުގެ ހައްގު ލިބިގެން ނުދާ ގޮތަށް، ޖަލު ހުކުމެއް ތަންފީޒުވެ ނިމިގެން ދިއުމާއި ގާނޫނުއަސާސީން ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްގު އެއްގޮތަކަށް ލިބިދީފައި ނެތުމާއި އޮތީ ކޮން ތަފާތެއްތޯ އެވެ؟،" އެ ބަޔާނުގައި ވަކީލުން ސުވާލު އުފައްދާފައިވެ އެވެ.
އެ ބަޔާނުގައިވަނީ ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމަކީ ހައިރާންކަން ލިބުނު ހުކުމެއް ކަމަށެވެ. އެ މައްސަލައިގައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިޖްރާއީ ނުކުތާއެއް ކަމަށާއި އެ މައްސަލައިގެ މައުޟޫއީ އެއްވެސް ކަމެއްގެ ވާހަކަ ހައި ކޯޓުގައި ނުދައްކާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވަކީލުންގެ އެ ބަޔާނުގައިވާ ގޮތުން ހުކުމް ކުރުމުގެ ކުރިން މިދިޔަ މާޗް މަހު ރިޔާޒް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ ވެސް ގާނޫނީ އެއްވެސް ބިނާއެއް ނެތި އެވެ. މިދިޔަ މާޗް މަހު ހައްޔަރު ކުރި ފަހުން އޭރު ރިޔާޒްގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރީ ވެސް މިދިޔަ އަހަރުން ފެށިގެން ކޯޓުގައި ހިނގަމުން ދިޔަ މައްސަލައަކާ ގުޅިގެން ކަމަށާއި އެ ގޮތަށް އަމުރުކުރި ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ވެސް ނުބާއްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ރިޔާޒް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދެ އެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ވެސް ދައުލަތުން ރިޔާޒްގެ މައްޗަށް ކުރެ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ތިން ސާކިއުލާއެއް ބާތިލްކޮށްފި
ބަންދު އަމުރު އިސްތިއުނާފް ކުރެވޭނީ މާލޭގެ ހައިކޯޓުގައި
އިސްތިއުނާފުން ތަންފީޒު ފަސްކުރުން ލާޒިމެއް ނޫން
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ
ޕީޖީގެ ވިސްނުން ހަމަ ކުއްލިއަކަށް ބަދަލު؟!
އިޖްރާއީ އަޑުއެހުން ބޭއްވުމުގެ އުސޫލެއް އެކުލަވާލައިފި
"ޖަލު ހުކުމް ތަންފީޒުވެއްޖެ، ރިޔާޒް މިނިވަންކޮށްދީ"
ކަފާލާތުގެ ދަށުން ރިޔާޒް މިނިވަން ކޮށްދޭން އެދެފި
ރިޔާޒްގެ ޖަލު ހުކުމްގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް
ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް