01 އޯގަސްޓް 2018
އަންނަ މަހުގެ 23 ގައި ބާއްބާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރަން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އުޅުމަކީ ހިތްވަރުދޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޯ) އިން އިއްޔެ ބުނެފި އެވެ.
އަންނަ މަހުގެ 23 ގައި ބާއްބާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރަން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އުޅުމަކީ ހިތްވަރުދޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޯ) އިން އިއްޔެ ބުނެފި އެވެ.
އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއާ ހަވާލާދީ "މިހާރު" ގައި އިއްޔެ ޖެހި ހަބަރަކާ ގުޅޭ ގޮތުން އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަބަރަކީ އެ އޮތޯރިޓީން ދިން މައުލޫމާތު އޮޅޭ ގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.
އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފްއާ ހަވާލާދީ "މިހާރު"ގައި އިއްޔެ އެންމެ ފުރަތަމަ ޝާއިއުކުރި ޚަބަރުގައި ބުނެފައި އޮތީ ސިވިލް ސާވިސް އާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ލައްވައި މަޖުބޫރުން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެކަމެއް ހުށަހެޅުމުން އެކަން ހައްލުކޮށްދޭނެ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުވާ ނަމަ އެ މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށް ވެސް އިންފޮމޭޝަން އޮފިސަރު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅުމުން އެކަން ބަލާނެ. ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާނަމަ ފިޔަވަޅު އަޅައި އެކަން ހައްލުކޮށްދޭނަން،" އަލީ ވިދާޅުވި އެވެ.
Muvahzafun lavvaa siyaasee masakkaiy kuruvaanama fiyavalhu alhaanan: Labour Relations
The most trusted news source in the Maldives
Mihaaru
ސިޔާސީ މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނުން--
އެއީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ޒިންމާ ގާނޫނުން މަތިކުރާ ލޭބާ ރިލޭޝަން އޮތޯރިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނަމަވެސް އިންފޮމޭޝަން އޮފިސަރާ ހަވާލާދީ ޝާއިއުކުރި ޚަބަރުގައި ހުރީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އިއްޔެ ހަވީރު އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ "އިންތިހާބުތަކުގައި ރީ-ރަޖިސްޓްރީ ކުރުމަކީ ވޯޓު ލާން ވީހާ ގިނަ ބަޔަކު ނިކުތުމަށް ދެވޭ ހިތްވަރަކަށް ވާތީ، ރީރެޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް ރީރެޖިސްޓްރީ ވުމަށް އެހީތެރިވުމާއި ރީރެޖިސްޓްރީ ކުރުުގައި ކުންފުނިތަކުންނާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނިކުމެ މަސައްކަތް ކުރުމަކީ މި އޮތޯރިޓީން ވެސް ހިތްވަރު ދޭ" ކަމެއް ކަމަށެވެ.
"މިހާރު" ގައި ޝާއިއު ކުރި ޚަބަރުގައި ލިޔެފައި ވަނީ މުވައްޒަފުން ލައްވައި ރީ ރަޖިސްޓްރީ ކުރުވުމާ ގުޅޭ ގޮތަކުން ނޫނެވެ. ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމްގެ ކެމްޕެއިންގައި ބައިވެރިކުރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ މައްސަލައާ ގުޅޭ ގޮތުންނެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އެއްވެސް މުވައްޒަފެއް ލައްވައި މަޖުބޫރުން ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ފައިދާއެއް ހޯދުމުގެ ގޮތުން ކަމެއް ކުރުވުމަކީ ގާނޫނާ ހިލާފު ކަމެކެވެ.
ސިޔާސީ މަސައްކަތް ކުރުވާނަމަ ފިޔަވަޅު އަޅާނަން: ލޭބާ
މަސައްކަތްތެރިންނަށްވީ ވައުދުފުއްދަން ގޮވާލަން: އިދިކޮޅު
މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓުން: ނިމުމެއް ނެތް؟
މުވައްޒަފުންގެ ހައްގުތައް ނުދިނުން، އާންމު ކަމެއް
ޕީޕީއެމަށް މަޖުބޫރުން ސޮއިކުރުވާ މައްސަލަ ނުބެލި
"އިހުމާލުން މަރުވެއްޖެ ނަމަ ބޮޑު ބަދަލެއް ދޭން ޖެހޭ"
ޓްރޭޑް ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލަނީ
އޮތީ މުހިންމު ދުވަސްތަކެއް، އެކުވެރިވާންޖެހޭ: މުއިއްޒު
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
"އަޅުގަނޑުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ"