Roadha Mihaaru
ފިޝަރީޒް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރެއް

ފިޝަރީޒް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރެއް

12 ޖުލައި 2021

ފިޝަރީޒް މިނިސްޓްރީއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ޑެޕިއުޓީ މިނިސްޓަރެއް މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިޝަރީޒް މިނިސްޓްރީއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ޑެޕިއުޓީ މިނިސްޓަރެއް މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ ފިޝަރީޒްގެ ދެ ވަނަ ޑެޕިއުޓީ މިނިސްޓަރަކަށް ހަސަން ނާޝިދު، މ. މޭގަ، ހަމަޖައްސާފައިވާ ކަމަށެވެ.

އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖުން ޑިގްރީ ހާސިލްކުރައްވާފައިވާ ނާޝިދު ވަނީ ހޮރައިޒަން ފިޝަރީޒް ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމާއި ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ.

އޭގެ އިތުރުން ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި އެޓޭޗް ކޮންސިއުލާ އެފެއާޒްގެ މަގާމާއި ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލް އޮފިސަރުކަން ވެސް ކުރައްވާފައިވެ އެވެ.

އޭނާ މިހާރު އަންނަނީ ޔުނިވާސިޓީ އޮފް ކޭޕް ޓައުންއިން ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމަށް ކިޔަވައި ވިދާޅުވަމުންނެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އަކާއި 15،000ރ. ގެ އެލަވަންސެކެވެ.