Roadha Mihaaru
ކުޅުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް ކަސިއަސް ދީފި

ކުޅުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް ކަސިއަސް ދީފި

03 އޯގަސްޓް 2018

ލިޒްބަން (އޮގަސްޓް 3) - މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން އުޅޭ ކަމުގެ އިޝާރާތެއް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ސްޕެއިނުގެ އިކާ ކަސިއަސް ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިޒްބަން (އޮގަސްޓް 3) - މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން އުޅޭ ކަމުގެ އިޝާރާތެއް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ސްޕެއިނުގެ އިކާ ކަސިއަސް ދީފި އެވެ.

އުމުރުން 36 އަހަރުގެ ކަސިއަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފާއިތުވި ދެ ސީޒަނުގައި ކަސިއަސް ވަނީ ޕޯޓޯ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކަސިއަސް ޕޯޓޯއާ އެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އަދި އެ އެއްބަސްވުމުގައި ބުނާގޮތުން ޕޯޓޯ އިން ބޭނުންނަމަ އިތުރު އެއް އަހަރުގެ ކަސިއަސް އެ ޓީމުގައި ބެހެއްޓުމުގެ އިހުތިޔާރު އޮވެ އެވެ. ކަސިއަސް ވަނީ އަންނަ ސީޒަނުގައި ޕޯޓޯ އަށް ކުޅެން އެއްބަސްވުން އާ ކޮށްފަ އެވެ. އޭނާ ދާދި ފަހުން ބުނީ ޕޯޓޯ އަކީ އޭނާ ކުޅޭނެ ފަހު ކްލަަބަށް ވުން އެކަށީގެންވާ ކަމަށެވެ.

"އަހަރެން މިހާރު ބޭނުންވަނީ ޕޯޓޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓާ އެކު ކުރިއަށްދާން. މިއީ އަހަރެން ކުޅޭނެ ފަހު ކްލަބް. ދެން ކެރިއަރުގައި އެހެން ދިމާލަކުން ފެނިދާނެ،" އުމުރުން 37 އަހަރުގެ ކަސިއަސް ބުންޏެވެ.

ކަސިއަސް ބުނީ އެހެން ޓީމުތަކުން ހުށަހެޅުން ލިބުނަސް އޭނާގެ ވިސްނުން ބަދަލުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

"ކެރިއަރުގައި މަދު ކްލަބަކަށް ކުޅުމަކީ އަހަރެން ދެކޭ ގޮތުގައި ވަރަށް ރަނގަޅު ކަމެއް. އަހަރެންގެ ކެރިއަރުގެ ބޮޑުބައި އަހަރެން ހޭދަކުރީ ރެއާލް މެޑްރިޑްގައި. އެއީ ތާރީހު ބެލިޔަސް އޮތް އެންމެ މޮޅު ކްލަބް. ދެން އަހަރެން މިއީ ޕޯޗުގަލްގެ މޮޅު ކްލަބަކަށް ޕޯޓޯ އަށް މިއީ އަަހަރެންނަށް އުފަލެއް،" ކަސިއަސް ބުންޏެވެ.

ކަސިއަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު ޓީމުގެ ކެޕްޓަނެވެ.

މީގެ ކުރިން ކަސިއަސް ވަނީ އޭނާ ކުޅުން ހުއްޓާލާނީ އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވެސް ރިޓަޔަކުރުމުން ކަމަށް ބުނެފަ އެވެ. އުމުރުން 40 އަހަރުގެ ބުފޮން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ބަދަލުވެފަ އެވެ.