Roadha Mihaaru
ކަސިޔަސް އަށް ޕޯޓޯ އިން އިތުރު ފުރުސަތެއް

ކަސިޔަސް އަށް ޕޯޓޯ އިން އިތުރު ފުރުސަތެއް

17 މާޗް 2019

ޕޯޓޯ (މާޗް 17) – ސްޕެއިނުގެ ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިޔަސް ޕޯޗުގަލްގެ ޕޯޓޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓަށް އޮޓޮމެޓިކުން އަހަރެއް އިތުރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕޯޓޯ (މާޗް 17) – ސްޕެއިނުގެ ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިޔަސް ޕޯޗުގަލްގެ ޕޯޓޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓަށް އޮޓޮމެޓިކުން އަހަރެއް އިތުރުވެއްޖެ އެވެ.

އޭނާ އެ ކްލަބާ އެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓުގައި ބުނާ ގޮތުގައި މި ސީޒަނުގައި 30 މެޗު ކުޅެފި ނަމަ، ކޮންޓްރެކްޓަށް އަހަރެއް އިތުރުވާނެ ކަމަށެވެ. ސީޒަން ދެބައިވި އިރު އޭނާ ވަނީ 34 މެޗު ކުޅެދީފަ އެވެ.

ރެއާލް މެޑްރިޑުގެ ކުރީގެ ގޯލްކީޕަރު ކަސިޔަސް އަށް މިދިޔަ ސީޒަނުގައި ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުމުން ބެލެވިފައި އޮތީ އޭނާ އޮއްސުނީ ކަމަށެވެ. އެކަމަކު މި ސީޒަނުގައި އޭނާ އަންނަނީ ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ.

އުމުރުން 37 އަހަރުގެ ކަސިޔަސް ހީކުރި ވަރަށް އަވަހަށް، 2015 ގައި ރެއާލް މެޑްރިޑް ދޫކޮށްލަން ޖެހުނީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ އޭނާ އަށް ފުރުސަތު ނުދޭން ފެށުމުންނެވެ. ރެއާލް މެޑްރިޑަށް 1999 އިން 2015 އަށް 725 މެޗު ކުޅެދީ އޭނާ ވަނީ ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިނާ އެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވާ ކަސިޔަސް ޕޯޓޯ ދޫކޮށް އެމެރިކާގެ މޭޖާ ލީގަށް ބަދަލުވާން އުޅޭ ކަމަށް ވެސް އަޑުތައް އަރާފައިވެ އެވެ.