Roadha Mihaaru
ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް ޑްރަގް ކޯޓަށް

ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް ޑްރަގް ކޯޓަށް

07 އޯގަސްޓް 2018

ކްރިމިނަލް ކޯޓުގެ ގާޒީ މުހްތާޒް ފަހުމީ ޑްރަގް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކްރިމިނަލް ކޯޓުގެ ގާޒީ މުހްތާޒް ފަހުމީ ޑްރަގް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހްތާޒް ޑްރަގް ކޯޓަށް ބަދަލު ކުރަން ޖޭއެސްސީން ނިންމީ މިދިޔަ ޖުލައި 30ގަ އެވެ.

ޖޭއެސްސީގެ ނިންމުމަށް ފަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މުހްތާޒް ޑްރަގް ކޯޓަށް ބަދަލު ކުރީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށް ކަމަށެވެ.

މުހްތާޒް ޑްރަގް ކޯޓަށް ބަދަލު ކުރުމާއެކު މިހާރު އެ ކޯޓުގައި ތިބޭނީ ހަ ފަނޑިޔާރުންނެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މުހްތާޒް މަސައްކަތް ކުރައްވާނެ ޖާގައެއް އަދި ޑްރަގް ކޯޓުގައި ނުހަދަ އެވެ.

ގާނޫނު އަސާސީގެ 159 ވަނަ މާއްދާގައި ބުނެފައި ވަނީ ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ޖޭއެސްސީ އަށް ލިބިފައިވާ ބާރެއް ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީގައި ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ނެރުނު ކޯޓު އަމުރުގައި ބަޔާން ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ އިރުޝާދާއެކު މެނުވީ އެއްވެސް ފަނޑިޔާރު އޭނާ މަސައްކަތް ކުރަމުން އައި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.