ފިރިހެނުންގެ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ވިއަގްރާ އަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް، ލޮލުގެ ފެނުން އިތުރަށް ނިކަމެތިވިޔަ ނުދިނުމަށް އެހީއަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
14 އޯގަސްޓް 2018
ފިރިހެނުންގެ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ވިއަގްރާ އަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް، ލޮލުގެ ފެނުން އިތުރަށް ނިކަމެތިވިޔަ ނުދިނުމަށް އެހީއަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އޮފްތަލްމޮލިޖިކާ ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ކޮލަމްބިއާ ޔުނިވަސީޓީން ހެދި ދިރާސާގައި ބުނީ އުމުރުން ދުވަސްމުންދާ ވަރަކަށް ލޮލުގެ ފެނުން ދަށްވާ ނަމަ ވިއަގްރާ އިން ފަރުވާ ލިބިދާނެ ކަމަށެވެ.
ދިރާސާ ހެދުމަށް އޭޖް-ރިލޭޓެޑް މެކިއުލާ ޑިޖެނެރޭޝަން (އޭއެމްޑީ) ނުވަތަ އުމުރުން ދުވަސްވުމުން ލޮލުގެ ފެނުން ދަށްވެފައިވާ ފަސް މީހަކަށް ދެ އަހަރު ވަންދެން ވިއަގްރާގެ ދެ ގުޅަ ކޮންމެ ދުވަހަކު ކާންދިނެވެ. ނަތީޖާ އިން ދެއްކީ އޭގެ ތެރެއިން ހަތަރު މީހެއްގެ ލޮލުގެ ފެނުގެ ބާރު ގަދަވެފައިވާ ކަމެވެ.
އުމުރުން ދުވަސްވުމުން ލޮލުގެ ފެނުން ދަށްވާ އެއް ސަބަބަކަށް ވަނީ ލޮލުގެ އެތެރޭގައިވާ، އޯވަލް ޝޭޕްގެ "މެކިއުލާ" ގެ މަތީގައި ލޭ ނާރުތައް އުފެދި، ސާފުކޮށް މަންޒަރުތައް ފެނުމަށް ހުރަސްއެޅުމެވެ. އަދި މި ލޭ ނާރުތަކުން ދިޔަ ލީކުވެ ސްކާ ޓިޝޫ އުފެއްދި ލޮލުގެ ފެނުމަށް ހުރަހަކަށް ވަނީ އެވެ. މިކަން އާންމުކޮށް ދިމާވަނީ އުމުރުން 50 އަހަރުން މައްޗަށް ދިއުމުންނެވެ.
މި މައްސަލަ ދިމާވާ ސަބަބަކަށް ވަނީ ލޮލުގެ މުހިންމު ހިސާބުތަކަށް ލޭ ފޮނުވުން ދަށްވުމެވެ. އެކަމަކު ވިއަގްރާ އިން މި މައްސަލަ އަށް ހައްލެއް އަންނަ ކަމަށާއި ނަތީޖާ އަކީ ލޮލުގެ ފެނުން ނިކަމެތިވެގެން ދިއުން މަޑުޖެހުން ކަމަށް ދިރާސާގައި ބުންޏެވެ.
އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ފެނިއްޖެ
ކަދުރު: ގުދުރަތީ ބޭސް ގުޅައެއް
ދިރާސާތަކުގައި މީދާ ގުރުބާންކުރަނީ ކީއްވެ؟
އަޖުމަ ބަލަން ދިން ބޭހަކުން ބޮޑު ބިރުވެރިކަމެއް
ތަދު ކަނޑުވާ ބައެއް ބޭހުން އިވުމަށް އަސަރުކުރޭ
މޭ އަންދާތީ ދޭ ބޭހަކުން ސްޓްރޯކްގެ ނުރައްކާ
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ