15 އޯގަސްޓް 2018
ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓު އުތުރު ގޮފީގެ ޝަރީއަތްތައް ނުފެށި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ ގޮފީގެ މަސައްކަތް ފެށުމަށް ސުޕްރީމް ކޯޓުން ހައި ކޯޓަށް އަންގައިފި އެވެ.
ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓު އުތުރު ގޮފީގެ ޝަރީއަތްތައް ނުފެށި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ ގޮފީގެ މަސައްކަތް ފެށުމަށް ސުޕްރީމް ކޯޓުން ހައި ކޯޓަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ގަރާރެއްގައި ވަނީ އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައިވާތީ ގޮފިތަކުގެ ޝަރީއަތް ހިންގުމާ ބެހޭގޮތުން އެ ކޯޓުން ކުރިން ނެރެފައިވާ ގަރާރާ އެއްގޮތަށް އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމުގެ އިންތިޒާމްތައް މާލޭގެ ހައި ކޯޓުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އާންމު ސިޓީއެއްގައިވަނީ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމަށް އެދި އެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅުމުން އެ މައްސަލައެއްގެ ލިޔުންތައް ސީދާ އުތުރު ގޮތްޕަށް ފޮނުވަމުން ގެންދިއުމަށް އަންގާ ކަމަށެވެ.
އުތުރު ގޮފި އުފައްދާފައި ވިޔަސް، އެ ގޮފީގެ ޝަރީއަތްތައް މިއަދާ ހަމައަށް ވެސް ނުފެށި އޮތީ ގޮފިތަކުގައި ދާއިމީކޮށް މަސައްކަތް ކުރުމަށް ފަނޑިޔާރުން ފޮނުވަން ޖެހޭއިރު، ހައި ކޯޓަށް އޭރު ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވެފައި އޮތުމުންނެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބުމުގެ ބަދަލުގައި، ފަނޑިޔާރުންގެ ވަފުދުތައް ގޮފިތަކަށް ދަތުރުކޮށްގެން މައްސަލަ ނިންމާ ގޮތަށް ހަމަޖައްސައިފަ އެވެ.
އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ނުދާތީ އެ ގޮތްޕަށް ނިސްބަތްވާ މައްސަލަތައް ކުރިން ބަލަމުން ގެންދިޔައީ މާލޭގެ ހައި ކޯޓުންނެވެ. އުތުރު ގޮތްޕަށް ނިސްބަތްވާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅު އަދި ބ. އަތޮޅުގެ ކޯޓުތަކުން ނިންމާ މައްސަލަތަކެވެ.
އައްޑޫގައި ހުންނަ ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގުމަށްޓަކައި ދާދިފަހުން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް ވަނީ އައްޑުއަށް ދަތުރުކޮށް، ބައެއް މައްސަލަތަކުގެ ޝަރީއަތް ހިންގައިފަ އެވެ.
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ
ހުކުމް ތަންފީޒު މައްސަލަ: ހައި ކޯޓުގެ ނިންމުން ބާތިލް
ރެކޯޑް އަދަދެއްގެ ޖޫރިމަނާގެ މައްސަލަ ސުޕްރީމް ކޯޓަށް
ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާވެސް ފަށަނީ
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ކޯޓުތަކުގެ އިހްތިސާސް: މިއީ ޖަހާ ބޯޅައެއްތަ؟
ފަނޑިޔާރަކު އެއް މައްސަލައެއް ދެ ފަހަރަށް ބަލައިފި