Roadha Mihaaru
ސުބްރަމާނިއަމް ފާޅުކުރެއްވީ އަމިއްލަ ހިޔާލެއް: އިންޑިއާ

ސުބްރަމާނިއަމް ފާޅުކުރެއްވީ އަމިއްލަ ހިޔާލެއް: އިންޑިއާ

26 އޯގަސްޓް 2018

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ފާޅުކުރެއްވީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ފާޅުކުރެއްވީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ޓްވިޓާ މެދުވެރިކުރައްވައި ސުބްރަމާނިއަމް ފާޅުކުރެއްވި ހިޔާލަކީ އިންޑިއާ ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށެވެ.

އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ސުބްރަމާނިއަމް ރާއްޖެ އެމްވީގެ ހަބަރަކާ އެކު މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށެވެ.

ސުބްރަމާނިއަމް ދާދި ފަހުން ސްރީ ލަންކާއަށް ކުރެއްވި ދަތުރެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އެ ބައްދަލުކުރުމަށް ފަހު ސުބްރަމާނިއަމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިއާ "ވަރަށް ދަށްކޮށްލާފައި" ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު އޮޅުވާލުމުގެ ފުރުސަތު އަވައްޓެރިއެއްގެ ހައިސިއްޔަތުން އިންޑިއާ އިން ނުދޭނެ ކަމަށް ވެސް ސުބްރަމާނިއަމް ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ވެރިކަން ކުރާ ޕީޕީއެމްގެ ކަންބޮޑުވުން ވެސް ގެންދަނީ ފާޅުކުރަމުންނެވެ. އަދި އާންމުން ވެސް ގެންދަނީ ރާއްޖެއަށް އަރައިގަތުމުގެ ވާހަކައަށް ދެކޮޅުހަދާ، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ.

ރާއްޖެ ހިފަން ޖެހޭނެ ވާހަކަ ސުބްރަމާނިއަމް ވިދާޅުވީ ނަޝީދާ އެކު ބޭއްވި ބައްދަލުކުރުމަށް ފަހު ކަމަށް ވާތީ އޭނާ އެގޮތަށް ހިޔާލުފާޅުކުރެއްވީ ނަޝީދުގެ ސަބަބުން ކަމަށް ބަލައި، އެތައް ބަޔަކު ގެންދަނީ ކުރީގެ ރައީސަށް ވެސް ފާޑުކިޔަމުންނެވެ.