Roadha Mihaaru
"މަކަރެއް ނުހެެދޭނެ، އިންޑިއާ އަރައިގެން ނުވާނެ"

އިންތިޚާބުގައި މަކަރެއް ނުހެދޭނެ އަދި އިންޑިއާ އިން ރާއްޖެ ހިފައިގެން ވެސް ނުވާނެ: އިބްރާހިމް ދީދީ

25 އޯގަސްޓް 2018

މި އަހަރު ރިޔާސީ އިންތިޚާބުގައި މަކަރުނެހެދޭނެ ކަމަށާއި އަދި އެއްވެސް ހާލަތެއްގައި އިންޑިއާ އިން ރާއްޖެ ހިފައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރު ރިޔާސީ އިންތިޚާބުގައި މަކަރުނެހެދޭނެ ކަމަށާއި އަދި އެއްވެސް ހާލަތެއްގައި އިންޑިއާ އިން ރާއްޖެ ހިފައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ދީދީ އެގޮތަށް ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީ ގޭގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ އިސް މަގާމުތަކެއް އަދާކުރެއްވުމަށް ފަހު، ރިޓަޔާވެވަޑައިގެންފައިވާ އިބްރާހިމް ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގައި އޮޅުވާލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭ ހާލަތެއް ވެސް ނާންނާނެ ކަމަށް ވިދާޅުވެ ދެން ލިއުއްވީ އެއީ ގާނޫނުތަކާއި މުޅި ނިޒާމާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"އަވަށްޓެރި ގައުމަކުން އިންތިޚާބު އޮޅުވާލައިފި ނަމަ އެ އިންތިޚާބެއް ގަބޫލުނުކުރުމުގެ ފުރުސަތު އިންޑިއާ އަށް އޮންނާނެ. ޔަގީނުން ވެސް ގައުމަށް އަރައިގަނެވިގެން ނުވާނެ،" އެ ޓްވީޓްގައިވެ އެވެ.

އިބްރާހިމް ދީދީގެ ޓްވީޓް

ގައުމެއްގެ އެތެރޭގެ އިންތިހާބެއްގައި އޮޅުވާލުންތައް ހުރެއްޖެ ނަމަ އދ. އިން ކަންކުރާ ގޮތުގެ ތަފުސީލެއް ދީދީގެ ޓްވީޓްގައި ހިމަނުއްވާފައިވެ އެވެ.

އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ގޮވާލި މައްސަލާގައި އިދިކޮޅު ރަނިން މޭޓް ފައިސަލް ނަސީމާއި އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ފަހަކަށް އައިސް އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. ދާދި ފަހުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެ އިސްލާހު ވާން ޖެހޭ ކަމަށެވެ.